ޚަބަރު ސިޔާސީ

ހުޅުދެލީގެ ބިން ހިއްކުމަށް މުޢިއްޒު ވައުދުވެވަޑައިގެންފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދ.ހުޅުދެލީގައި ބިން ހިއްކުމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދަވާނެ ކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރިޔާސީ ކެމްޕެއިނުގައި މިއަދި އަރަށަށް ވަޑައިގެން މުޢިއްޒު ވިދާޅުވީ ރަށެއްގެ އާބާދީ އިތުރުވާ ވަރަކަށް، އިތުރު ބިން ބޭނުންވާނެ ކަމަށާއި، ހުޅުދެލީގައި ބިން ހިއްކަވާނެ ކަމަށެވެ. އަދި ޕީޕީއެމް-‏ޕީއެންސީން ވާ ވަޢުދުތައް ފުއްދާނެކަމުގެ ޔަޤީންކަން ވެސް މުޢިއްޒު ވަނީ ދެއްވައިފައެވެ.

މީގެ އިތުރުން ވެސް ހުޅުދެލީގެ ސްކޫލްގެ ޖާގަ އިތުރު ކުރުމަށާއި، ކުނިމެނޭޖު ކުރެވޭނެ ނިޒާމެއް ޤާއިމު ކުރައްވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ ކުޅިވަރު ކުޅުމަކީ އެކި އުމުރުފުރައިގެ މީހުން ކުރަންޖެހޭނެ ކަމެއް ކަމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެއީ މުހިންމު ކަމެއް ކަމުގައިވާތީ، ހުޅުދެލީގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދޭނެ ކަމަށެވެ. އަދި އެރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޚިދުމަތްތައް ދެވޭނެ ގޮތް ހަދައި، ރަށުގައި އޭޓީއެމެއް ވެސް ބަހައްޓާނެ ކަމަށް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!