ޚަބަރު

ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ފަޅުތެރެ ހިއްކަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ފަޅުތެރެ ހިއްކަން ފެށުމަށް ހައުސިންގ އާބަންކޯ ތައްޔާރުވާން ފަށައިފިއެވެ.

Ads by Hajj Corporation

މަޢުލޫމާތު ލިބިފައިވާގޮތުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވަނީ ރާއްޖޭގައި މިވަގުތުވެސް ބިންހިއްކުމުގެ މަސައްކަތް ކުރަމުންއަންނަ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އާބަންކޯއިން އަދި ރަސްމީކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ.

ދާދިފަހުން އާބަންކޯއިން ހުޅުމާލޭގެ ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައި ހުރި އުޅަނދުތައް ނެގުމަށް ޢާއްމުކޮށް އަންގާ ޢިއުލާންކޮށްފައެވެ. އާބަންކޯ ބުނެފައިވަނީ، އެކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢަކާއި ގުޅިގެން ފަޅުތެރޭގައި އަޅާފައިވާ އަދި އަޑިއަށް ގޮސްފައިވާ އުޅަނދުތައް އެތަނުން ނެގުމަށް ބޭނުންވާކަމަށެވެ. އަދި ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އެއުޅަނދެއްގެ ވެރިފަރާތުން އެއުޅަނދެއް ނެގުމަށްވަނީ އަންގާފައެވެ.

ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުނަގާ އުޅަނދުތަކާއި މެދު ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފިޔަވަޅުއަޅާނެކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެސަރަޙައްދުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަށް ދަތިނުވާނެހެން މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވާ ސަރަޙައްދާއި ޖެހިގެން އޮތް ފަޅުގެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކުން ޢަމަލުކުރުމަށް އެޗްޑީސީންވަނީ އިލްތިމާސްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްވެސްވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ބޭނުންވާ ބިން ހިއްކުމަށް ހުޅުމާލެއިން އިތުރަށް ހިއްކަވާނެކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!