ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރު ދިގުވެ، ރިޒުގު ތަނަވަސްވެ، ނުބައި މަރަކުން މަރުވެދިޔުމާއި ދުރުހެލި ކުރައްވާނެ ކަމެއް: ޚުތުބާ

ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރު ދިގުވެ، ރިޒުގު ތަނަވަސްވެ، ނުބައި މަރަކުން މަރުވެދިޔުމާއި ދުރުހެލި ކުރައްވާނެ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޟޫއުއަކީ" ރަހިމުގެ ގުޅުން ދެމެހެއްޓުން "މިއެވެ.
ޚުތުބާގައި ބުނެފައިވަނީ ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ވާޖިބެއް ކަމަށާއި ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
އަދި ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ﷲގެ ރުހިވޮޑިގަތުން ލިބޭނެ ކަމެއް ކަމަށާއި އެއީ ދުނިޔެއާއި އާހިރަތުގެ ކާމިޔާބީ ލިބޭނެ ކަމެއް ކަމަށް ބުންޏެވެ. މީގެ އިތުރުން ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ފާފަ ފުއްސަވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.