ވިނަރެސް ފްލެޓްތަކުގެ ތަޅުދަނޑި މާދަމާ ހަވާލުކުރަނީ

ވިނަރެސް މަޝްރޫޢުން ފްލެޓް ލިބުނު މީހުންނާއި މާދަމާ ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.
ތަޅުދަނޑި ހަވާލުކުރާނީ މާދަމާ ހަވީރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެކަމަށްޓަކާ ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
ވިނަރެސް މަޝްރޫޢުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އެޗްޑީސީން އިޢުލާންކުރީ މިއަހަރުގެ ފެބްރުއަރީމަހުއެވެ. އަދި ވިނަރެސްއިން ފްލެޓް ލިބުނު މީހުންގެ އެގްރިމެންޓްގައި ސޮއިކުރުން ކުރިއަށްގެންދިޔައީ މިދިޔަ މަހުއެވެ.
ނަރެސްގެ ޔުނިޓްތައް ހަވާލުކުރަނީ ފިނިޝިން ހުރިހާ މަސައްކަތްތައް ނިންމުމަށްފަހުއެވެ. ވިނަރެސް ހައުސިން މަޝްރޫޢަކީ ސަރުކާރުން އެޗް.ޑީ.ސީއާ ގުޅިގެން ކުރިއަށްގެންދާ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ.
ދޮގު ހަދާ ބަަަަޔެ.އުމުރުން 58 ވެއްޖިޔާ ބަހާދެނީ ލޯނު 7 އަހަރަ އޭރުން ކުލި 39000ރފ.25 އަހަރަ ބަހާދެނީ އެމީހުންގެ އައުވާނުންނަ
ލޯނުގެ 25 އަހަރު ތެރޭ 65 ނުވާ މީހަކަށް ލިބޭނެ. 58 ވީމަ ބާކީ 7 އަހަރު 65 ވާން.