ޚަބަރު ސިޔާސީ

މިއަދު މިވަނީ ދިވެހީންގެ ރާއްޖެ އަނބުރާ ހޯދަން ޖެހިފައި: މުޢިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މިއަދު ދިވެހި ޤައުމަށް ބޭނުންވެފައި ވަނީ، ދިވެހީންގެ ރާއްޖެ އަނބުރާ ހޯދަން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މުޢިއްޒުގެ މެނިފެސްޓޯ ލޯންޗު ކުރުމަށް މިރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވި ބޮޑު ޖަލްސާގައި މުޢިއްޒު ވިދާޅުވީ، ޕީޕީއެމް-‏ޕީއެންސީގެ ރިޔާސީ ކެމްޕެއިންގެ ޝިޢާރަކަށް "ދިވެހީންގެ ރާއްޖެ" ހަމަޖެއްސެވީ އިދިކޮޅު ލީޑަރު، ރައީސް ޔާމީން ކަމަށާއި، އެމަނިކުފާނު އެ ޝިޢާރު ނެންގެވީ، މިއީ ދިވެހީންގެ ސިޔާދަތީ ބާރު ހިނގާ، ދިވެހިވަންތަ އަދި އިސްލާމީވަންތަ ރާއްޖެއެއް ދިވެހީން ބޭނުންވެފައިވާ ދަނޑިވަޅަކަށް ވުމުން ކަމަށެވެ.

"އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލައިގެން، މިއަދު މިވަނީ ތެދުވަން ޖެހިފައި. އަޅުގަނޑުމެންގެ ސިޔާސީ ވިސްނުން އެއްކިބާ ކޮށްފަ، ދިވެއްސަކަށް ވީތީ، އަޅުގަނޑުމެން އެކަތިގަނޑަކަށްވެ، އަތުކުރި އޮޅާލަން އެބަޖެހޭ."

މުޢިއްޒު އިތުރަށް ވިދާޅުވީ، ރައީީސް ޔާމީން ޖަލުގައި 1008 ވަނަ ދުވަސް ހޭދަކުރައްވަމުން ގެންދަވަނީ، ދިވެހީންގެ ރާއްޖެ ހޯދަން އެމަނިކުފާނު ތެދުވެވަޑައިގަތުމުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމަށް ކުރެވޭ މަސައްކަތުގައި، ދިވެހީންގެ ރާއްޖެއެއް ހޯދަން ޕީޕީއެމް-‏ޕީއެންސީއާއެކުގައި މަސައްކަތް ކުރުން އެދިވަޑައިގަންނަވާ ކަމަށެވެ.

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!