ޚަބަރު ސަރުކާރު

އަހަރެއްހާ ދުވަހުގެ ތެރޭގައި ނައިފަރު ބިން ހިއްކައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޅ. ނައިފަރު ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަނީ

ޅ. ނައިފަރު ބިން ހިއްކުމުގެ މަޝްރޫއު ހިންގަން ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

Ads by Hajj Corporation

މިމަޝްރޫއު ހަވާލު ކުރުމުގެ ގޮތުން މިއަދު ވަނީ އެމްޓީސީސީއާއިއެކު ޕްލޭނިންގް މިނިސްޓްރީން ރަސްމިއްޔާތެއް ބާއްވައިފައެވެ. އެރަސްމިއްޔާތުގައި ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ދެފަރާތުން ވަނީ ސޮއިކޮށްފަ އެވެ.

ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމަށް މިއަދު އެއްބަސްވެފައިވާއިރު މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ ޗޯފް އޮޕަރޭޓިން އޮފިސަރ ޝާހިދު ހުސައިން މޫސާ އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާތިމަތު ސަނާ ފާރޫގެވެ.

މިއަދު ސޮއިކުރެވުނު މި ދެ މަޝްރޫޢުގެ ދަށުން 20.95 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 359 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި, 1600 މީޓަރުގެ ލޯ ކްރެސްޓެޑް ބޭރު ތޮށްޓެއް ލުމުގެ އިތުރުން, 180 މީޓަރުގެ ސަރަހައްދެއްގައި ބްރެއިން ހަރުކުރުމުގެ މަސައްކަތަށް ހިމެނެ އެވެ.

މި ދެ މަޝްރޫޢުކީ 141.29 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 330 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާގޮތަށް އެމްޓީސީސީއާއީ ހަވާލުކުރެވުނު ދެ މަޝްރޫއެވެ.

ރިޔާސީ އިންތިހާބަށް 18 ދުވަހަށް ވެފައިވާއިރު ސަރުކާރުން ދަނީ އެކި މަޝްރޫއުތައް ފެށުމުގެ އެއްބަސްވުންތަކުގައި ސޮއިކުރަމުންނެވެ. މިކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު ސަރުކާރުން ބުނަނީ މަޝްރޫއުތައް ފަށަނީ އިންތިހާބާއި ގުޅުވައިގެން ނޫންކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!