ޚަބަރު

އުފައްދާނީ، ރައްޔިތުން އެދޭ ނަތީޖާ ނެރޭނެ ސަރުކާރެއް: މުޢިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމް-ޕީއެންސީން އުފައްދާނީ ނަތީޖާ ނެރެދޭނެ ސަރުކާރެއް ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އައްޑޫ ސިޓީ ފޭދޫއަށް މިއަދު ވަޑައިގެން، ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމުގައި މުޢިއްޒު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރަކުން އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ ސްޕީޑްގައި ތަރައްޤީ ގެންނާނެ ކަމަށާއި، ރައްޔިތުން އެދެނީ "ރިޒަލްޓް އޮރިއެންޓެޑް" ސަރުކާރެއް ކަމަށެވެ.

އަތޮޅުތެރޭގައި އެކި ޒޯންތައް ތަރައްޤީ ކުރަން ޕްލޭން ކުރެވިފައިވާއިރު، ފޭދޫ އަކީ ތަރައްޤީގެ ހަބަކަށް ވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ގެދޮރު ބިނާ ކުރުމާއި، ސްކޫލް އެޅުމާއި، މިހެން ތަންކޮޅެއް މަޑުން ފެށިފައިހުރި އިމްފްރާސްޓްރަކްޗަރއާއި މަގުހެދުން ފަދަ މަޝްރޫޢުތައް ވިޔަސް، މި ފަދަ ހުރިހައި ކަމެއް ކުރިއަށް ގެންދިޔުމުގައި އަޅުގަނޑުމެންގެ ފުރިހަމަ އެހީތެރިކަން، އަޅުގަނޑުމެންގެ ސަމާލުކަން، ސީރިއަސް ގޮތެއްގައި  ތި ބޭފުޅުންނަށް ޔަޤީންކަމާއެކު، އިރާދަކުރެއްވިއްޔާ، ލިބިގެންދާނޭ." އެމަނިކުފާނު ވިދާޅުވިއެވެ.

ރައީީީސް ޔާމީންގެ ވެރިކަމުގައި ބްރިޖު އަޅައިފައިވާތަން ރައްޔިތުންނަށް ފެނިފައިވާނެކަން ފާހަގަހަގަކުރައްވައި މުޢިއްޒު ވިދާޅުވީ ދެން ވެސް ބްރިޖު އަޅާނީ ޕީޕީއެމް-‏ޕީއެންސީން ކަމަށާއި، ވެރިކަން ލިބިވަޑައިގެންފިނަމަ، ފޭދޫގައި ވެސް ބްރިޖު އަޅުއްވާނެ ކަމަށެވެ.

ު

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!