ޚަބަރު ސިޔާސީ

ކިހާދޫ ހެލްތު ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލު ކުރާނަން: ރައީސް ޞާލިޙު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބ.ކިހާދޫގެ ހެލްތު ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލު ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޞާލިޙު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕެއިނުގައި މިއަދު ބ.ކިހާދުއަށް ވަޑައިގެން އެރަށުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވަނީ ވެރިކަމުގެ ދެވަނަ ދައުރެއްގައި ކިހާދޫގެ ހެލްތު ސެންޓަރު އަޕްގްރޭޑް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހެލްތު ސެންޓަރަކީ 16 ގަޑިއިރު ޚިދުމަތްދޭ ތަނަކުން، 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އަދި މި ރަށުގެ ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލާއި، ސައިންސް ލެބް ވެސް އިރާދަކުރެއްވިއްޔާ، އިތުރު ކުރެވިގެންދާނެ."

ރައީސް ވަނީ ކިހާދޫގައި ސްވިމިން ޓްރެކެއް އަޅައިދެއްވުމަށް ވެސް ވަޢުދުވެވަޑައިގެންފައެވެ. ކިހާދޫ އަކީ ކުޑަ އާބާދީއަކަށް ވުމުން، އެރަށަށް ކުރީ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ދަނީ އެރަށަށް ބޭނުންވާ ކަންކަން ކޮށްދެމުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

 

Ads by Allied Insurance
  1. ޥައުޗޯ

    މިތޮއްޖެހިފައި އޮތްމާލޭގެ ހޮސްޕިޓަތަކުންވެސް 24 ގަޑި އިރު ޚިދުމަތްނުދެވި އުޅެނިކޮށް މިބީތާ އެވަރުވެސް ނޭގިތަ މިއުޅެނީ!