ޚަބަރު ސިޔާސީ

ފޮއްދޫ ކައުންސިލް މެމްބަރު ޝިފާނާ ޕީޕީއެމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ނ.ފޮއްދޫ ކައުންސިލުގެ އަންހެން މެމްބަރު ޝިފާނާ އީސާ ޕީޕީއެމްއާއި ގުޅިވަޑައިގެންފިއެވެ.

Ads by STELCO

އޭނާގެ ފޯމު ހަވާލު ކުރެއްވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެމްޕޭންގެ ތެރެއިން، މިރޭ ނ.ވެލިދޫގައި ބޭއްވި ޖަލްސާގައެވެ.

ޝިފާނާގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއާއި، ޕީއެންސީގެ ރައީސް އަބްދުއްރަހީމެވެ.

ޝިފާނާ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމަށް ސޮއި ކުރެއްވުމާއި ގުޅިގެން އެ ޕާޓީން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ.

މުއިއްޒު ނ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅަށް އެކި ރަށްރަށުން ހޫނު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!