ޑރ. ޝަހީމްގެ ތާއީދު މުއިއްޒަށް

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިންގެ ރަނިންމޭޓެއްގެ ގޮތުގައި ނިކުންނެވި، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް، އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ޑރ. މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޑރ. މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމެވިކަން ހާމަކުރައްވާ ކުރެއްވި ޓުވީޓުގައި ޝަހީމް ވިދާޅުވެފައިވަނީ އެކުވެރި މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމެވި ނިންމެވުމުގެ ތަފްސީލުތައް ފަހުން ހާމަ ކުރައްވާނެ ކަމުގައެވެ.
ރިޔާސީ އިންތިޚާބާ ގުޅޭ މުހިންމު ނިންމެވުންތަކެއް ހާމަކުރައްވާނެކަމަށް މީގެ ކުރިން ޝަހީމް ވިދާޅުވި ނަމަވެސް، އޭނާގެ ނިންމެވުން މީގެކުރިން ހާމަ ކުރައްވާފައެއް ނުވެއެވެ. ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނު މިހާރު ފޯރީގައި ކުރިޔަށް ދާއިރު، މިހާތަނަށް ޝަހީމު އެއްވެސް ފަރާތަކަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޑރ. މުއިއްޒު ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުތަކުގައި ޑރ. ޝަހީމް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ދެކުނުގެ ރަށްތަކަކީ ކޮބާ އައްޑޫ ގއ ގދ ތ ލ ފ ދ ފުއައްމުލަކީ އެންމެ ރަށެއް . އެއަށް ވުރެ ބޮޑަށް އެފަދަ މީހެއްގެ މަސައްކަތް ބޭނުން ވާނެ . ލިބޭނެ ވަރަށް ބައިވަރު ވޯޓް ހުންނާނެ . އަދާލަތު ޕާޓިފަދަ ވަކިފިކުރެއް ނެތް މީހުންގެ ވޯޓް . ފިކުރެއް ނެތް ބަޔަކު މުހައްމަދު މުއިއްޒަށް ވޯޓް ދޭން ޖެހެނީ ގައުމުގެ ތަރައްޤީއަށް ވިސްނާތީ .