ޚަބަރު

އިތުރު 27 ސިފައިން ފައްސިވެ ތަމްރީންތައް މެދުކަނޑާލައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ގިރިފުށީގައި ސިފައިން ތަމްރީނު ހެދުމުގެ ތެރެއިން/ ފޮޓޯ: ރާއްޖެ އެމްވީ

ސިފައިންގެ ތަމްރީނު މަރުކަޒު، ގިރިފުށިން އިތުރު 27 ސިފައިން ކޮވިޑް-19 އަށް ފައްސިވެ، ތަމްރީނުތައް މެދުކަނޑާލައިފިއެވެ.

Ads by Hajj Corporation

އޮންލައިން ނޫސް "އަވަސް" އިން ބުނެފައިވާ ގޮތުގައި މި 27 މީހުން ފައްސިވުމާ ގުޅިގެން ގިރިފުށީގައި ސިފައިން ހަދަމުންދިޔަ ތަމްރީންތައް ވަގުތީ ގޮތުން މިހާރު ވަނީ ހުއްޓާލާފަ އެވެ.

މީގެ ކުރިން ގިރިފުށިން ވަނީ ސިފައިންގެ ތަމްރީނުތައް ހަދަމުން އައި 10 މީހެއް ފައްސިވުމާ ގުޅިގެން ގިރިފުށި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސް، ރަށަށް އަރާ ފޭބުން މަނާ ކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފްއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ރާއްޖެއަށް ވެސް މިހާރު ކުރިމަތިވެފައިމިވާ ކޮވިޑްގެ ބަލިމަޑުކަމުގައި ކޮވިޑްގެ ބަލި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމާއި ކޮވިޑްގެ ބަލި މީހުން ތިބޭ ފެސިލިޓީތައް އެންމެ ބުރަކޮށް ބަލަހައްޓަމުން ގެންދާ އެއް ބަޔަނީ ސިފައިންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!