ޚަބަރު ސިޔާސީ

ފްލެޓްތަކުގެ ކުލި ނުދެއްދިގެން ޖޫރިމަނާ ކުރި ފަރާތްތަކުގެ ކުލި މާފްކޮށްދޭނަން: މުޢިއްޒު 

ރައުފާ ރަޝީދު ، ދެން އޮންލައިން

ފްލެޓްތަކުގެ ކުލި ނުދެއްދިގެން ޖޫރިމަނާ ކުރި ފަރާތްތަކުގެ ކުލި މާފްކޮށްދޭނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ފްލެޓް ތަކުގެ ކުލި ނުދެއްކި ޖޫރިމަނާ ކުރަން ވާނީ ދެއްކޭ ވަރު ކުއްޔެއް ނުދެއްކި އިނިއްޔާ ކަމަށެވެ. އަދި ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ޖޫރިމަނާއަކީ މާފް ކުރެވެން ޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އެ ޖޫރިމަނާތައް މާފްކޮށް ދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ދިވެހި ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަން ހޯދައިދިނުމަށްވެސް ވައުދުވެވަޑައިގެންފައެވެ. އަދި ދިވެހިރާއްޖެ އެންމެ ބޮޑަށް ތަރައްގީވެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށާއި އޭރު ގައުމަށް ގެނައި ތަރައްގީ މިސަރުކާރާ އެކު މަޑުޖެހިފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

Ads by Ooredoo
  1. ކަދުރުސާޖީ

    ފާތުމަޔައްވުރެން މާމޮޅުވާނެ މިހާރު ވެސްތިޖޫރީހުވަފެނުންއެބަފެނޭމީނަޔައް އެހެންމީހުންގެވެސްއަނބިން މައިން އެބަތިއްބޭ ސާޖޫ ޫޫޫޫޫ