ޚަބަރު

އާއްމުންގެ ޖަމްޢިއްޔާއިން މުޢިއްޒުއަށް ތާއީދު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބޯހިޔާވަހިކަމުގެ މައްސަލަތަކުގައި ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރަމުން އަންނަ އެކުވެރި ޖަމިއްޔާ (ދަ ކޮމަނާސް) އިން އިދިކޮޅު ޕީޕީއެމް- ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުއަށް ތާއީދުކޮށްފިއެވެ.

Ads by STELCO

ކޮމޮނާާސް ނުވަތަ އާއްމުންގެ ޖަމުޢިއްޔާގައި ހާހަކަށްވުރެ ގިނަ މެންނަރުން ހިމެނެއެވެ.

އެ ޖަމުޢިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާންމުންނާ ގުޅުންހުރި މައްސަލަތަކާއި ގުޅޭ ސިޔާސަތުތަކާއި ބެހޭ ގޮތުން އެޖަމިއްޔާގެ ފަރާތުން ގިނަ ކެންޑިޑޭޓުންނާއި މަޝްވަރާކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ޒަމާނުއްސުރެ އޮތް ބަންޑާރަ ބިން ހިލޭ ބެހުމުގެ ސަގާފަތަކީ ހުރިހާ ރަށެއްގައިވެސް ކުރުން ހުއްޓާލަން ޖެހޭ ބޯދާ، އަދި އޭގެ ފައިދާއަށް ވުރެ ގެއްލުން ބޮޑު ސިޔާސަތެއްކަން ފާހަގަކޮށް، އެ ޖަމުއިއްޔާއިން ބުނީ، މުޢިއްޒުއަށް ތާއީދު ކުރަން ނިންމީ، ގޯތި ބެހުމުގެ ސިޔާސަތު ނުވަތަ ސަގާފަތް ހުއްޓާލަން ވައުދުވާ ސިޔާސީ ކެނޑިޑޭޓެއް ނެތުމުން، އެ ޖަމިއްޔާގެ ބޯޑުން މަޝްވަރާކުރުމަށްފަހު ނެގި ވޯޓުގެ ތާއީދާއިއެކު އެ ނިންމުން ނިންމީ، އެއްބަސް ނުވެވޭ ބައެއް ނުކުތާތައް ހުރިކަމުގައިވިޔަސް ޤައުމީ މަސްލަހަތު އިސްކުރުމަށް ކަމަށެވެ.

ޤައުމެއްގެ ގޮތުގައި ރާއްޖެއަަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ފާއިތުވި ފަސް އަހަރު ބޭރުގެ ގައުމަކާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގަމުން ގެންދާ ސިއްރުވެރި ގުޅުމާއި އެއާއި ގުޅުން ހުރި ކަންކަން ކަމަށެވެ.

"އަސްކަރީ އެތައް އެއްބަސްވުންތަކެއް އަވައްޓެރި އިންޑިއާއާއެކު ހަދާ އެ އެއްބަސްވުންތައް ސިއްރުކޮށް އާންމުން ވާނުވާގައި ތިބިއިރު، ލޮލަށް ފެންނަމުންދާ މަންޒަރަކީ އެގައުމުގެ ސިފައިންނާއި އެގައުމުގެ ނުފޫޒު ސަރުކާރުގެ ހުރިހާ ގުނަވަންތަކަކަށް ކުރަމުން ގެންދާ މަންޒަރެވެ،" އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި ބޯހިޔާވަހިކަމުގެ ދާއިރާއަށް ބަލާލި ކަމުގައި ވިޔަސް ފަސް އަހަރު ފާއިތުވެގެން ދިޔައިރު އެންމެ ފްލެޓެއްވެސް ހުޅުމާލެ ސަރަހައްދުގައި އަޅާ ނިންމާނުލެވުނު އެއް ސަބަބަކީ އިންޑިއާގެ ކުންފުންޏަކާއި އެކު ނޫން ގޮތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ހިންގުމުގެ މިނިވަންކަން ދިވެހި ސަރުކާރަށް ނެތުމެވެ.

Ads by Ooredoo
  1. ކެފޭ

    އެމީހުން ތާއީދު ކުރާނެތާ. އެޖަމިއްޔާއަކީ ޕީޕީއެމް ކުދިން ބަލައިގެން މުއިޒު ދަފުތަރުގައި ޖައްސައިދީ ފްލެޓް ދިން ކުދިން އުފައްދައިގެން އުޅޭ ޕީޕީއެމްގެ ޖަމާއަތެއް.