ވިޔަފާރި

އޮރެންޖުގެ އަގު ތިންގުނަ އުފުލިއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބާޒާރުގައި އޮރެންޖުގެ އަގު ވަނީ އިންތިހާއަށް އުފުލިފައި

ބާޒާރުގައި އޮރެންޖުގެ އަގު އިންތިހާއަށް އުފުލިއްޖެއެވެ.

Ads by Hajj Corporation

މީގެ ދެ ހަފްތާ ކުރިން އޮރެންޖެއް ލިބެން ހުރީ 2.50 ރުފިޔާ އާއި 4 ރުފިޔާ އާއި ދެމެދުގެ އަގެއްގަ އެވެ. އެހެންނަމަވެސް މިހާރު އޮރެންޖެއް ލިބެނީ 9 ރުފިޔާއާއި 14 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ.

އޮރެންޖު ވަކިން ވިއްކާ އަގު އުފުލުނުއިރު ގަނޑުކޮށް ވިއްކާ އަގުވެސް ވަނީ އިންތިހާއަށް އުފުލިފަ އެވެ. އެގޮތުން އޮރެންޖު ކޭހެއް ކުރިން 160 ރުފިޔާއަށް ލިބުނުނަމަވެސް މިހާރު އެއަގު ހުރީ 800 ރުފިޔާގައެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި އޮރެންޖުގެ އަގު މިހާ ބޮޑަށް އުފުލުނީ ބޭރުން އެތަކެތި ރާއްޖެއަށް ލިބުމުގައި ލަސްތަކެއް އުޅޭތީއެވެ. އެގޮތުން ކޮންމެވެސް ސަބަބަކާއިހުރެ އޮރެންޖު އެތެރެކުރާ ބޯޓުތައް ލަސްވެފައިވާކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އަންނަ ސެޕްޓެމްބަރު މަސް ފެށޭއިރު ބޯޓުތައް އަންނާނެކަމަށް ބެލެވޭއިރު އަގުތައްވެސް ދަށަށް ދާނެކަމަށް ލަފާކުރެވެއެވެ.

ފިހާރަތަކުގައި އޮރެންޖުގެ އަގު އުފުލުނުއިރު ރިޒޯޓުތަކަށް ބޭނުންވާ އޮރެންޖުވެސް ލިބުން ވަނީ ދަތިވެފައެވެ. އެހެންކަމުން ރެސްޓޯރެންޓުތަކާއި ރިޒޯޓުތަކުގައި އޮރެންޖުން ތައްޔާރުކުރާ ބުއިންތަކުގެ އަގުވެސް މައްޗަށް ދާނެއެވެ.

އޮރެންޖު އުފުލާ ބޯޓުތަކަކީ އާންމުކޮށް އާފަލުވެސް އުފުލާ ބޯޓުތަކެވެ. މިހެންވުމުން އާފަލުގެ އަގަށްވެސް ބަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ކުރިން 5 ރުފިޔާއަށް ލިބުނު އާފަލު މިހާރު ހުރީ 10 ރުފިޔާއަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!