ޚަބަރު ސިޔާސީ

މުއިއްޒުގެ ވެރިކަމެއްގައި އެކަނިވެރި މައިންނަށް ދޭ އިނާޔަތް ދެގުނަ ބޮޑުކުރަނީ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޑރ. މުއިއްޒުއަށް ވެރިކަން ލިބިއްޖެނަމަ އެކަނިވެރި މައިންނަށް ދޭ އިނާޔަތް ދެގުނަ އިތުރުކުރަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

Ads by STELCO

އެ މެނިފެސްޓޯގައި ވާ ގޮތުން އެކަނިވެރިމައިންނަށް އެލަވަންސް ދިނުމުގައި ދަރިން ތިބޭ ނިސްބަތަކުން ކޮންމެ ކުއްޖަކަށް 3،000ރ. ގެ މަގުން އެލަވަންސް ބޮޑު ކުރާނެއެވެ. މިހާރު އެކަނިވެރިމައިންނަށް ދެނީ ކުދިންގެ ނިސްބަތުން ކޮންމެ ކުއްޖަކަށް 1،000ރ. ކަމަށްވާއިރު ދަރިން އިތުރުވާ ވަރަކުން އެންމެ ބޮޑު އަދަދެއްގެ ގޮތުގައި 10،000ރ. އާ ހަމައަށް މި އެލަވަންސް ލިބޭ ގޮތަށް 2019 ވަނަ އަހަރު ބަދަލު ގެނެސްފައިވެ އެވެ.

މުއިއްޒުއަށް ވެރިކަން ލިބިއްޖެނަމަ އެ އަދަދު 3،000ރ އަށް ބޮޑުކުރުމުން ހަތަރު ކުދިންނަށް ވުރެ ގިނައިން ދަރިން ތިބި މީހުންނަށް 12،000ރ. އެކަނިވެރިމައިންގެ އެލަވަންސްގެ ގޮތުގައި ލިބޭނެ އެވެ.

މި އެލަވަންސްގެ އިތުރުން، އެކަނިވެރިމައިންނަށް ހާއްސަކޮށް ހައުސިން ސްކީމެއް ވެސް ފެށުމަށް މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާއިރު އެ ސްކީމުގެ ދަށުން ދެ ކޮޓަރީގެ 1،000 އެޕާޓްމެންޓް އެކަނިވެރިމައިންނަށް ހާއްސަ ކުރާނެކަމަށްވެއެވެ.

މީގެ އިތުރުންވެސް މުއިއްޒުގެ ވެރިކަމެއްގައި އަންހެނުންނަށް ކޮށްދެއްވާނެ ބައެއް ކަންތައްތަކުގެ ތެރޭގައި އަންހެނުންގެ ވިޔަފާރިތަކަށް ހާއްސަކޮށް 100 މިލިއަން ރުފިޔާގެ ސްޓާޓް-އަޕް ސްކީމެއް ތަޢާރަފުކުރުމާއި ސިވިލް ސާވިސްގެ ސީނިއާ މެނޭޖްމެންޓުގައި އަންހެންނުން އިތުރު ކުރުމާއި، ދެ ޖިންސުގެ ހަމަހަމަކަން އޮންނަ މަސައްކަތުގެ މާހައުލުތައް ފާހަގަކުރުމުގެ ގޮތުން އެފަދަ އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ އިދާރާތައް ސެޓިފައި ކުރުމާއި، ބައިގެންދާ އަންހެނުނަށް ޕެއިޑް- ލީވް ދިނުމާއި އަދި ނެޝަނަލް މެޓާނިޓީ އެންޑް ޗަލްޑް ކެއާ ހޮސްޕިޓަލެއް ހެދުން ހިމެނެއެވެ.

  1. ބޭބެ

    ވަރިގިނަކުރުމުގެ ޕްލޭނުގެދަށުން .މިކަހަލަ ހިޔަޅުވަޢުދު
    މިވަނީ! މިހާރުވެސް މިއުޅނީ ބޯފަޅައިގެންދާވަރުވެގެން!

  2. ދައްތަ

    2 ކޮޓަރި އެޕާޓުމަންޓް މާމަދު، 3 ކޮޓަރި އެޕާޓުމަންޓްގައިދޯ ދެޖިންސްގެ ދަރިން ގެންގުޅެވޭނީ

  3. ަަްްއރ

    ތިހުރިހާކަމެއްކޮއްފަ ތިމީހުންޖީބަށް ކިހާވަރެއްއަޅާނެބާ؟ ސަރުކާރުގަތިބޭމީހުންގެ ވަގުކަންވަނީ އިންތިހާއަށް ބޮޑުވެފަމިގައުމުގަ

  4. ސަމާ

    މީނަގެ އަމިއްލަޖީބުންތަ މިހުރިހާކަމެއްހަމަޖައްސަނީ. ނުވާނެ ތިކަމެއް ވެރިކަންލިބުނީމަ ފަހަތުގައުޅޭމީހުން ފަށާނެ ވައްކަންކޮށް، ކަޓުނަގަން ސަރުކާރުގެ ލާރިން، އެހެންމިވަނީ