ޚަބަރު ސިޔާސީ

އަޅުގަނޑުގެ ސަރުކާރެއްގައި މަޝްރޫއުތައް ހުއްޓާލާނެކަމަށް ބުނެ ވާހަކަދެއްކިޔަސް އެފަދަ ކަމެއް ނުކުރާނަން: މުއިއްޒު

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ޕީޕީއެމް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުއަށް ކާމިޔާބު ލިބި ޕީޕީއެމްގެ ސަރުކާރެއްގައި ރަށްރަށުގައި ހިނގަހިނގާ ހުރި މަޝްރޫއުތައް ނުވަތަ ފަށަން ނިންމާފައިވާ މަޝްރޫއުތައް ކުރިއަށް ނުގެންދާނެކަމަށް ބަޔަކު ބުނި ނަމަވެސް އެ މަޝްރޫއުތައް ހުއްޓާނުލައްވާނެކަމަށް މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އއ. މަތިވެރިއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ދިވެހިންނަށް ފެނިގެންދިޔަ ތަރައްޤީ ރައްޔިތުން އަލުން ދެކެން ބޭނުންވެފައި ތިބި ކަމަށާއި މި 5 އަހަރު ނިމިގެން މިދަނީ ރަށްރަށުގައި ފެށިފައި ހުރި މަޝްރޫއުތައް ނުނިމި ދިގުލައިގެން ގޮސް ރައްޔިތުން މާޔޫސްކޮށްފައިކަމަށެވެ.

"މި 5 އަހަރު ނިމިގެންމިދަނީ، މިރަށުގައިވެސް ފެށިފައި ހުރި ގިނަ މަޝްރޫޢުތައް، އެހެނ ްރަށްރަށުގައިވެސް ފެށީ މަޝްރޫއުތައް ނުނިމި ދިގުލައިގެން ގޮސް، ރައްޔިތުން މާޔޫސްވެގެން ގޮސްފައިވާ 5 އަހަރަށް ވެފައިމިވަނީ" މުއިއްޒު ވިދާޅުވިއެވެ.

އަދި އިދިކޮޅުން ތަކުރާރުކޮށް ޕީޕީއެމްގެ ސަރުކާރެއްގައި މަޝްރޫއުތައް ކުރިއަށް ނުގެންދާނެކަމަށް ވިދާޅުވާކަމަށާއި އެހެންނަމަވެސް، އެ މަޝްރޫއުތައް ނުހުއްޓުވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ތަކުރާރުކޮށް އެބަ ކިޔާ އަޅުގަނޑުމެންނަކީ ވެރިކަމަށް އައިއްސިއްޔާ މިހެން ހުރި މަޝްރޫއުތައް ކުރިއަށް ނުގެންދާނެ ބަޔެކޭ. ދެން އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ އަޅުގަނޑުމެންނަކީ ރައީސް ޔާމީނުގެ ޒައާމަތުގައި ގެނައި ތަރައްގީގައި އެމަނިކުފާނު ބައިވެރިކުރި މީހުންނޭ، އަޅުގަނޑުމެންނަކީ ތަރައްޤީ ގެންނަ ހިތްވާ މީހުންނޭ. އެހެންވީމާ އެއްވެސް ވަރަކަށް ހިނގަ ހިނގާ އަދި ފަށަން ނިންމައި ސޮއިކޮށްފައި އޮތް މަޝްރޫއެއްވިޔަސް ހުއްޓައެއްނުލާނަން. ސާފުކޮށް މި ދަންނަވަނީ ހުއްޓައެއް ނުލާނަން. ހުއްޓިފަ މިއޮތީ މި 5 އަހަރު، މިި 5 އަހަރު މިދިޔައީ ހުއްޓިގެން. އަޅުގަނޑުމެން މި އަންނަނީ ފަށްޓައިގެން ބާރަށް ކުރިއަށް ގެންދަން" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޕީއެމް އަދި ޕީއެންސީން މި އަންނަނީ އެފަދަ މަޝްރޫއުތައް ރައްޔިތުން ބޭނުންވާގޮތަށް ކުރިއަށް ގެންގޮސް ރައްޔިތުންނަށް އެ ކަންކަމުން ވީހާވެސް އަވަހަކަށް ފައިދާވާނެގޮތަކަށް ކަންކަން ކުރުމަށްކަމަށާއި އެ މެސެޖު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭން ބޭނުންވާކަމަށެވެ.

"މިއަދާއި މިރެއާއި އެކަނި މިގޮތަށް އޮންނަ ބައްދަލުވުންތައް އޮންނާނީ. އެހެންވީމާ މި މެސެޖު އަޅުގަނޑު ބޭނުން ރައްޔިތުންނަށް ސާފުކޮށް ލިބެން. އެއްވެސް ރަށެއްގައި ފެށިފައި، ފަށަން ނިންމާފައި ސޮއިކޮށްފައި ހުރި އެއްވެސް މަޝްރޫއެއް ހުއްޓައެއް ނުލާނަމޭ" މުއިއްޒު ތަކުރާރުކޮށް ވިދާޅުވިއެވެ.

މުއިއްޒު ވަނީ، ރައީސް ޔާމީންގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމުގެ "ލެގަސީ" ދަމަހައްޓާނެ ކަމަށް ވިދާޅުވެ، ހޮނިހިރު ދުވަހު ވޯޓު ފޮށިތައް ފުރާލާ "އެއްބުރުން" ހޮވުމަށް އެދިވަޑައިގެންފައެވެ.

Ads by Allied Insurance
  1. އަބްދޫ

    މަސްރޫއު ތައ ހުއްޓުވީ މިހިގާ ސަރުކާރުން . ހިޔާ ފްލެޓާއި ވިލިމާލެ ބްރިޖް އެއީފެންނަން ހުރި ހަގިގަތް. ހިޔާ 4000 ފްލެޓް ފައުންޑޭސަން ނިމުނުފަހުންހުއްޓުވީ. ބްރިޖް ޗައިނާ ބްރިޖް ކުންފުނިން ފަށަން ކުރަންޖެހޭ ހުރިހާކަމެއް ނިންމިފަހުން ހުއްޓުވީ . އެ 4000 ފްލެޓްވެސް ނެޅޭ އެ ބްރިޖްވެސް ނޭޅި 5 އަހަރު މިވީ.