ޚަބަރު ސިޔާސީ

ތަރައްޤީ ގެނެވުނަސް ގެއްލިއްޖެ މިނިވަންކަމެއް ހޯދަން ފަސޭހައެއްނުވާނެ: މުއިއްޒު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ތަރައްގީ ގެނެވިދާނެކަމަށާއި ނަމަވެސް ގެއްލިއްޖެ މިނިވަންކަމެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އއ. ރަސްދޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ލާ ވޯޓަކީ، ހަމައެކަނި ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ދޭ ވޯޓަކަށް ވުރެ ބޮޑަށް މިނިވަންކަމުގެ ދިފާއުގައި ދޭ ވޯޓަކަށް ހެދުމަށާއި ވޯޓަކީ މަޝްރޫއުތަކަށް ނިންމާ ނިންމުމެއް ކަމުގައި ނުހަދައި، ގައުމު އިސްކުރުމަށެވެ.

"ދިވެހިރައްޔިތަކަށް ވީތީ، ދިވެހިން ދިވެހި ރައްޔިތެއްގެ ޒިންމާ އަދާކޮށްދެއްވުން. އަޅުގަނޑުމެންނަށް ތަރައްގީ ގެނެވިދާނެ. އެކަމަކު ގެއްލިއްޖެ މިނިވަންކަމެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު ބިނާކޮށްފައި އޮތް ގޮތަށް ފާޑުވިދާޅުވަމުން މުއިއްޒު ވިދާޅުވީ، އެއީ މިނިވަންކަމާ މެދު ފަރުވާކުޑަކޮށް ވިސްނާ ވަރަށް ވުރެ ބޮޑު މައްސަލައެއް ކަމަށާއި ކޮންމެ ރަށެއްގައި ވެސް އެ ވާހަކަ ތަކުރާރު ކުރައްވަން ޖެހިވަޑައިގަންނަވަނީ ކަމުގެ މުހިންމު ކަމުން އެކަން ރައްޔިތުންނަށް ހަނދާން ކޮށްދިނުމަށް ކަމަށެވެ.

"ދިވެއްސަކަށް ވީތީ ފަހުރުވެރިވެ، ދިވެހީންގެރާއްޖެއަށް ދިއުމަށް ނިންމުމަށް އިހުލާސްތެރިކަމާއެކު އެދެން،" މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު ގައުމު ހިންގާ ގޮތަށް ކަންކަން ކުރިއަށްދާން ނިންމައިފިނަމަ، ގައުމު ދާނީ އަތްނުފޯރާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!