މި ހަފްތާ ބަންދަށް އެންމެ ސަޅި ޕެކޭޖް: އުރީދޫއިން 100 ރުފިޔާއަށް 100ޖީބީ!

ދިގު ހަފްތާ ބަންދަކަށް އެންމެ ފުރިހަމަ ޑޭޓާ ޕެކް, އުރީދޫ ޕޯސްޓޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕެކޭޖެއެއް ތަޢާރަފްކޮށްފިއެވެ.
އުރީދޫ މޯލްޑިވްސް ގެ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ނެގޭ މި ޑޭޓާ ޕެކަކީ ދިގު ހަފްތާ ބަންދަކަށް ވަރަށް ފުރިހަމަ ޕެކެކެވެ. އެންމެ 100ރ އަށް ލިބޭ މި ޕެކް އެކްޓިވޭޓް ކޮށްލުމުން 100ޖީބީ ޑޭޓާ 3 ދުވަހަށް ލިބިގެންދެއެވެ.
3 ދުވަހުގެ މި ދިގު ހަފްތާ ބަންދާއި ގުޅުވައިގެން ދަތުރު ކުރައްވާ ބޭފުޅުންނަށާއި ގޭގައި ތިބެގެން ސޯޝަލް މީޑިއާ ބަލާލާ، އާއިލާ އާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށް މައުލޫމާތާއި ހަބަރުތައް އޮންލައިންކޮށް މެދުކެނޑުމެއްނެތި ބަލާލުމަށްވެސް މި ޕެކަކީ އެކަށީގެންވާ ޑޭޓާ ޕެކެކެވެ. މީގެ އިތުރުން މޯބައިލް ގޭމްކުޅޭ ފަރާތްތަކަށްވެސް ގޭމުކުޅެލުމަށް ވެސް މިއީ ފުރިހަމަ ޕެކެކެވެ.
މި ޕެކް އެކްޓިވޭޓްކޮށްލުމަށް 100ޖީބީ ޖެއްސެވުމަށްފަހު 5555 އަކަށް މެސެޖްކޮށްލެވޭނެއެވެ. އުރީދޫ އެޕް ނޫނީ ވެބަށް ޒިޔާރާތްކޮށްގެން ވެސް މި ޕެކް ނަގާލެވޭނެއެވެ.