ލޯންޗުގައި ފައިސާ ބަހަން އައި މައްސަލަ ފުލުހުން ނުބެލި: ޕީޕީއެމް

އދ.މަހިބަދޫއަށް ސްޓެލްކޯގެ ލޯންޗުގައި ފައިސާ ބަހަން އައި މައްސަލަ، ފުލުހުންގެ ސަމާލުކަމަށް ގެނައުމުން ވެސް، ެބަލާފައި ނުވާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ފައިސާ ބަހާ ކަމަށް ތުހުމަތު ކުރެވޭ ލޯންޗަށް، މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް(ޓޮމް) އަރާވަޑައިގަތުމުން، އެ ލޯންޗު ވަނީ، ވާ މޮހައިލައި ދަތުރު ކުރަން ފަށައިފައެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިކަން ސިފަ ކުރެއްވީ "ރަހީނު" ކުރުމުގެ ގޮތުގައެވެ.
އެ ލޯންޗުން ފަހުން ޓޮމް އާއި، އޭނާ އާއިއެކުގައި ތިބި މީހުން މަހިބަދޫއަށް ބޭލި ކަމަށް ޕީޕީއެމުން ބުނެއެވެ.
"ޓޮމްއަށް ލޯންޗުގަ ލާރި ހުރިކަން ޔަގީން ވާތީ، އެ ވާހަކަ ބުނުމުން ވެސް، އެތަނަށް ދިޔަ ފުލުހުން ލޯންޗަށް ނުވެސް އަރާ ހިނގައްޖެ." ޕީޕީއެމް-ޕީއެންސީގެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.
ަ
ފަހަރިއަށް ތިޔަ ފެނުނީ ފާހާނާ އަށް ވަނީމަ ދޯ
ހީނާއަށް ނުދޭ ލާރިއެއް؟ ހިލޭއުލޭތަ ތިހެން ޕާޓީ ސިއާސީ ކަންކަމުގަ