ލާމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ލާމު ލިންކް ރޯޑްގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި މީހާ މަރުވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެ އިރުއޮއްސުނު ހާއިރުއެވެ. އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލަކާއި ކާރެއް ޖެހިގެންނެވެ.
މައުލޫމާތު ލިބިފައިވަ ގޮތުގައި ނިޔާވެފައިވަނީ ލ. ގަމު އަބްދުލްއަޒީޒް ނަމަކަށް ކިޔާ, 40 އަހަރުގެ މީހެކެވެ.