ޚަބަރު ސިޔާސީ

ރައީސް ނަޝީދާ އީވާގެ އިތުބާރުގެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީން ނިންމައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މަޖިލީހުގެ ރައީސާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދަން ނިންމައިފިއެވެ.

Ads by STELCO

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދާއި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ.

ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންދިއުމަށް ނިންމާފައި ވަނީ ރައީސް ނަޝީދު އެ މަގާމުން ވަކިކުރުމަށް، އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފައިވ- ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، އެކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓާއެކުއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅީ އެމަނިކުފާނު ގާނޫނު އަސާސީ އާއި ގަވާއިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާ ކަމަށް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!