ޚަބަރު

ހުރިހައި ސިޔާސީ ލީޑަރުން، ޕީޕީއެމް-ޕީއެންސީއާ ގުޅުމަށް މުއިއްޒު ދަޢުވަތު އަރުވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ހުރިހައި ލީޑަރުން، ޕީޕީއެމް-ޕީއެންސީއާ ގުޅިވަޑައިގަތުމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ.

Ads by Sosun Fihaara

މިރޭ "ޝުކުރިއްޔާ ރައްޔިތުން" މި ނަމުގައި ބޭއްވި ރެލީގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު އެއްވެސް ރައްޔިތަކާއިމެދުގައި ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށާއި، ކަންތައްތައް ކޮށްދެއްވާނީ ވެސް ހަމަހަމަކަމާއިއެކުގައި ކަމަށެވެ.

"މި ވަރުގަދަ ޤައުމީ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް، ވަރަށް އިޙްލާސްތެރިކަމާއިއެކީގައި، އަޅުގަނޑު ދަޢުވަތު އަރުވަން." އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، އެމަނިކުފާނު އިސް ކުރައްވާނީ، ރަޙްމަތްތެރިކަމުގެ އަތެވެ. ޤައުމު ދެކެ ލޯބިވާ ހުރިހާ ސިޔާސީ ވެރިން ވެސް، އެ ރަޙްމަތްތެރިކަމުގެ އަތުގައި ހިތްޕެވުމަށް މުޢިއްޒު އެދިވަޑައިގަތެވެ.

ޤައުމުގެ މިނިވަންކަމާއި، ތަރައްޤީ އަށް އިސްކަންދޭ ކޮންމެ ސިޔާސީ ލީޑަރަކުވެސް، އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގަންނަވަންވީ ކަމަށާއި، އެ ކޯލިޝަނުން މަސައްކަތް ކުރާނީ އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ ތަރައްގީގެ ފިކުރުގައި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

 

Ads by Allied Insurance
  1. ކުރިއަށްކުރިއަށް

    އަންނި އަންނި އަންނި ދެވަނަ ބުރަށް މުއިއްޒު ހޮވާ މިހާރު އޮލިމްޕަހުގައި އަޅުވާފައި އޮތް ކައްޕަޅި އަވަރުކަންޓް އަވަރު ވާޓަރު ފިލްމް އެބަޖެހޭ އުތީމު ތިންބެއިންގެ ފިލްމަށް ބަދަލު ކުރަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި މުއިއްޒު އަންނި ގުޅެމާ ހިނގާށެ ނަލަކުރަމާ މިވަތަންގެ ކުރިމަގު ހިނގާ ރުވަން ފެންދީ އާރޯކުރަމާ އެމެންގެ މަތިވަރު ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ހިނގާ ހިނގާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ޑިމޮކްރެޓޭ މެން ޕިންކީން ނާއި ގުޅިގެން މުއިއްޒު ހޮވަމާ ކުރިއަށް ކުރިއަށް ކުރިއަށް ކުރިއަށް އަހާން ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ކުރިއަށް ބާރަށް ހޭއް ހޭއް ހޭއް ހޭއް ނަށާލާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ…