ޚަބަރު

ޖޭޕީއާއި ޕީޕީއެމް/ޕީއެންސީގެ މަޝްވަރާތައް ފަށައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ޖުމްހޫރީ ޕާޓީއާއިއެކުގައި ފަށައިފިއެވެ.

Ads by STELCO

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުއެވެ.

މި މަޝްވަރާތަކުގައި އިސްކޮށް އުޅުއްވަނީ، ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފެވެ.

ޖޭޕީގެ ލީޑަރު، ޤާސިމްގެ އެޑްވައިޒަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ސަން އައިލެންޑް ރިސޯޓްގައި އެ ބައްދަލުވުން ފެށިގެން މިހާރު ކުރިއަށްދާ ކަމަށެވެ.

މި ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދުގެ އިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ބައިވެރިވެވަޑައިގަންނަވައެވެ.

ޕީޕީއެމް/ޕީއެންސީ އާއިއެކުގައި އެމްއެންޕީން ވަނީ ކޯލިޝަން ހަދައިފައެވެ. ޖޭޕީ އާއިއެކުގައި، މަޝްވަރާތައް ފެށިއިރު، މުއިއްޒު ވަނީ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެހެން ކެންޑިޑޭޓުންނަށް އެމަނިކުފާނާއި ގުޅިވަޑައިގަތުމަށް ދަޢުވަތު އަރުވައިފައެވެ.

 

Ads by HDC
  1. ބަނަފްސާ

    ޤައުމަށް ހެޔޮއެދޭނަމަ، އަދި މޑޕ ގެ މުސީބާތުން ޤައުމު ސަލާމަތްކުރަން އެދޭނަމަ ނުޖެހޭ ސަރުކާރު ފޮތިފޮތިކުރާކަށް. ނުޖެހޭ ކަންކމަށް ޑިމާންޑުކުރާކަށް. ނުޖެހޭ މާބޮޑު މޝްވަރާއެއް ކުރާކަށް. ޝަރުޠަކާ ނުލާ ހިތުން ރުހުމުން ފަހަތުގައިތިބެންވީ.

    އެހްން ނުވާނަމަ ދަނޑިންވެސް، ސޭޓުވެސް އެބަޖެހޭ ސައިޒުކުރަން. މިކަހަލަ މުނާފިގުން ނުލާވެސް ވާނެ.

  2. އިއްބެ

    ދެންޤާސިމުޖަލައްލިޔަސްޤާސިމުސަލާމަޔްކުރަންދެންއަހަރެމެންނުނިކިންނާނަން

  3. ކޯލީޝަން ހަދަންވީ އެންމެ ގިނަ ވޯޓް ލިބުނު ކެނޑިޑޭޓާއި އެކު !