ސިއްޙަތު

ކޮރޯނާ ވައިރަސްއާއެކު މުޅި އުމުރަށް އުޅެން ޖެހިދާނެ ކަމަށްސައިންސްވެރިއަކު އިންޒާރު ދީފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮރޯނާ ވައިރަހާއެކު މުޅި އުމުރަށް އުޅެން ޖެހިދާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުގެ ސައިންސްވެރިއަކު ދީފިއެވެ.

Ads by MWSC

އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސް ސައިންސްވެރިއަކު ކަމަށްވާ ސަރ މާކް ވަލްޕޯޓް ބުނެފައިވާ ގޮތުގައި ކޮރޯނާ ވައިރަހާއެކު ދިރިއުޅެން އަހަރެމެން ދަސްކުރަން ޖެހެއެވެ. އެހެނީ ކޮންމެވެސް ހާލެއްގައި ކޮރޯނާ ވައިރަސް އަހަރެމެންނާއެކު އުމުރަށް އުޅެފާނެ ކަން އޭނާ ފާހަގަކުރިއެވެ.

އޭނާ މިހެން ބުނެފައިމިވަނީ ކުރިއަށް މިއޮތް ދެ އަހަރު ދުވަސް ތެރޭގައި ކޮރޯނާ ވައިރަހުން މުޅިން ސަލާމަތްވެވޭނެ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ ގެ އިސްވެރިޔާ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އޭނާ އެގޮތަށް ވިދާޅުވީ 1918 ވަނަ އަހަރު ސްޕެނިޝް ފުލޫ އިން ސަލާމަތްވުމަށް ވެސް ދެ އަހަރު ނަގާފައިވާކަން ފާހަގަކުރައްވައެވެ.

ސަރ މާކް އިތުރަށް ބުނި ގޮތުގައި އާބާދީ ބޮޑުވުމާއި ދަތުރުފަތުރުތައް ހުޅުވާލުމަކީ ވައިރަސް ހަލުވިކަމާއެކު ފެތުރުމަށް އެންމެ ބޮޑު ދައުރެއް އަދާކުރާ ދެ ކަންތަކެވެ. އަދި 1918 އަހަރާއި ބަލާއިރު މިހާރު އާބާދީ ބޮޑުތަނުން އިތުރުވެފައިވާ ކަން ވެސް އޭނާ ފާހަގަކުރިއެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!