ޚަބަރު

ޤާސިމާއި ބައްދަލުކުރައްވަން، ރައީސް މާމިގިއްޔަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހީމާއި ބައްދަލު ކުރައްވަން އދ. މާމިގިއްޔަށް ވަޑައިގެންފިއެވެ.

Ads by STELCO

ފްލައިމީގެ މަތިންދާ ބޯޓެއްގައި ރައީސް ޞާލިޙު މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން، އެމަނިކުފާނަށް އެއާޕޯޓުން މަރުޙަބާ ދަންނަވާފައި ވަނީ ޤާސިމެވެ.

ޤާސިމާއެކުގައި އޭނާގެ އިންތިޚާބީ އެޖެންޓު، އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ބައިވެރިވެލައްވައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަ ކުރާނީ ޕީޕީއެމް/ޕީއެންސީ އާއި އެމްޑީޕީއެވެ. މި މަހުގެ 9 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒެވެ.

އެމަނިކުފާނަށް ލައްކައަކަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 85،000 ވޯޓެވެ.

ދެވަނަ ބުރުގައި ވާދަ ކުރާ ދެ ފަރާތުން ވެސް، އެހެން ޕާޓީތަކާއިއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުން އަންނައިރު، އެމްއެންޕީން ވަނީ، ޕީޕީއެމް/ޕީއެންސީއާއި ގުޅިފައެވެ. އަދި ޖޭޕީން ރޭ ވަނީ ޕީޕީއެމް/‏ޕީއެންސީއާ މަޝްވަރާ ކޮށްފައެވެ.

Ads by HDC
  1. ބުޑޫނައީމުކާށިދޫ

    ގާސިމުޖެހޭނީސޯލިހައްތަބާވާން
    އެގޮތަކީސަރުކާރުގެދަށުވެފައޮތީމަ
    ލޯނުތައްދީފަވާތީީ،ރަޔްޔަތުންގެއެތައްމިލިޔަނެއްގެފާޔްސާސޯލިހުމާފުކޮއްފަވާތީގާސިމަކައްއެހެނަގޮތެއް
    ނޮއްނާނެވަގުންނާގުޅޭނީވަގުން