ޚަބަރު

އަބުރުކަތިލުމަށް ދޮގު މައްޗަށް ދޮގު ހެދިޔަސް، ޙައްޤަށް ނަސްރު ލިބޭނެ: މުއިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމަނިކުފާނާއި ގުޅޭގޮތުން ސަރުކާރުން ކިތަންމެ ވަރަކަށް އަބުރު ކަތިލައި، ދޮގުމައްޗަށް ދޮގު ހެދިޔަސް، ފިތުނަ ނަސްރު ލިބޭނީ އަބަދުވެސް ހައްގު މަގުގައި ތިބޭ ބަޔަކަށް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި، މާވެޔޮ މަގުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައެވެ.

މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުން މިސަރުކާރަށް ބޮޑު ތަނުން ނޫނެކޭ ބުނުމުން މިހާރު މަސައްކަތް ފަށާފައިވަނީ ރައްޔިތުންގެ ހިތްތަކުގައި ފިތުނަ ފަސާދަ އުފައްދަން ކަމަށެވެ.

އެގޮތުން ރިޔާސީ ކެމްޕެއިނުގެ ފުރަތަމަ ބުރުގައިވެސް އެމަނިކުފާނުގެ އަބުރު ކަތިލައި، ފިތުނަ ފަސާދަ އުފެއްދި ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ފުރަތަމަ ބުރުގެ ނަތީޖާއިން އެނގުނީ ރައްޔިތުން އެފަދަ ހަޤީޤަތެއް ނެތް ވާހަކަތައް ބަލައިނުގަންނަ ކަމެވެ.

އެމަނިކުފާނުއަބަދުވެސް އިސްކުރައްވާނީ ދިވެހި ޤައުމާއި ރައްޔިތުންކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައި، އެއްވެސް މީހެއްގެ ހައްގަކަށް އަރައިގަނެ ރައްޔިތުންނަށް ގެއްލުންވާނެ ފަދަ ކަމެއް ދުވަހަކުވެސް ކުރައްވައިފައިނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ކިތަންމެ ދޮގެއް ހެދިޔަސް އަމިއްލަ ނަފްސަށް ފުރިހަމަ އިތުބާރު އެބައޮތް. އެއްވެސް މީހެއްގެ ހައްގަކަށް އަރައި ގަނެފައި ނުވާނެ." މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެއްވެސް ރައްޔިތަކަށް ލިބިފައިވާ އެއްޗަކަށް ނުވަތަ ލިބެން އޮތް އެއްޗަކަށް ވެސް އެމަނިކުފާނުގެ ސަރުކާރެއްގައި ހުރަސް ނާޅުއްވާނެ ކަމަށެވެ.

Ads by HDC
  1. ޢައިޝް

    ސާބަސް މުޢިއްޒު…

  2. ދިވެހި މުސްކުޅިން

    ދޮން އަމާގެ ޙައްޤު އަދާނުކޮށްދިން މީހަކަށް ދެވޭނެ އެހެން މީހެއްގެ ޙައްޤެއްނެން މުއިއްޒު ރާއްޖޭގެ ވެރިކަން ކުރާނެ ކަމުގެ ހުވަފެން ނުދެކޭތި ތިކަމެއް ނުވާނެ

    • ޢިބޫ ނޫންް ގޮތެއް

      ޥެރިކަން ލިބޭނެ އިރާދަކުރެއްވިޔާ

  3. ޕާއިރު

    މުޢިއްޒޫ ކަލޭ ތިބުނާހެން ޙައްޤަށް ނަޞްރު ލިބޭނެކަން އެނގެޔޭ މިރާއްޖޭގެ ހުރިހާ މުސްލިމުންނަށް. ދެން ކަލޭ ތިބުނަނީ ކަލޭ އެކަންޏޭތަ ޙައްޤުގަ ތިހުރީ؟ ދެން އެހެން ކެންޑިޑޭޓުންނަކީ ބާޠިލު ބައެކޭތަ ތިކިޔަނީ؟ ބޯގޯސް.

    • ައަމީ

      މާލޭ ކައުންސިލުން އަދި މިހާތަނަށް އެއްވެސް ޕާރކިންގ އެއް ނުހޯދަން. މި ޕްރޮޕެގަންޑާގެ މަގްސަދަކީ ކޮބާކަމެއް ނޭގުނު. ކާކުގެ ނަފުސު ކަތިލަން ކުރާކަމެއްތަ މީ؟ މާލޭ ސިޓީ ކައުންސިލަކުން އަދި ޑރ. މުއިއްޒަށް ގުޅައިގެން މިހާތަނަށްއެއްވެސް ކަމެއް ހާސިލު ކޮށްފައެއް ނުވާނެ. ޑރ. މުއިއްޒުތިޔަ ތަސައްވަރު ކުރާހާ ދަށުދަރަޖައަކަށް ނުވެއްޓޭނެ. ރިޔާސީ ރޭހަށް ޑރ. މުއިއްޒު ކުރިމަތި ލުމަކީ އެ ބޭފުޅާގެ ހައްގެއް، ކީއްވެބާ މިއުޅެނީ ހޭބޯނާރައިގެން. އެބޭފުޅާގެ ގާބިލުކަމާއި ސާބިތުކަން އަޅުގަޑަށް އެގޭ ތިޔަ ކުރަހާ މަންޒަރާ ދިމަލެއް ނުވޭ.
      މުއިއްޒު ރަގަޅު.