ޚަބަރު

އުރީދޫ އާޗާ ޕްރިޕެއިޑް: ކޮންމެ ދުވަހަކު 6ޖީބީ ލިބޭ އާޗާ ޕްލޭނާއެކު މުޅި މަހަށް 180ޖީބީ!

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮންމެ ދުވަހަކު 6ޖީބީ ލިބޭ އާޗާ ޕްލޭނާއެކު މުޅި މަހަށް 180ޖީބީ ލިބޭ ޕްރޮމޯޝަނެއް އުރީދޫން ފަށައިފިއެވެ.

Ads by MWSC

މި ޕްރޮމޯޝަނުން އާޗާ 150 އިން 7 ދުވަހަށް ދުވާލާކު 1ޖީބީ (150ރ އަށް) ލިބޭނެއެެވެ. އަދިއާޗާ 500 ގެ ޕްލޭން މެދުވެރިކޮށް މުޅި މަހަށް ބަހާލައިގެން ދުވާލަކު 2ޖީބީ އެންމެ 500 ރުފިޔާއަށް ލިބޭއިރު އާޗާ 750 މެދުވެރިކޮށް 30 ދުވަހަށް ދުވާލަކު 6ޖީބީ ޑޭޓާ (750ރ އަށް) ލިބިގެންދެއެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންތަކުން ދުވާލަކަށް ލިބޭ ޑޭޓާ އަކީ އިންޓަނެޓް މެދުވެރިކޮށް ކޮންމެ ކަމެއް ކުރުމަށްވެސް ބޭނުންކުރެވޭން ޑޭޓާއެވެ. އެގޮތުން ކިޔެވުމަށް ބޭނުންކުރާ ޕެލެޓފޯމްތަކާއި، ނެޓްފްލިކްސް، ސޯޝަލް މީޑިއާ، އަދި އޭގެ އިތުރުން ގޭމް ކުޅުމުށާއި، ޑައުންލޯޑްކުރުމަށް އަދި ސްޓްރީމްކުރުމަށްވެސް ބޭނުންކުރެވޭނެއެވެ.

އާޗާ 500 ގެ ޕްލޭން އެކްޓިވޭޓްކޮށްލުމަށް މި ލިންކަށް ޒިޔާރަތްކޮށްލައްވާށެވެ. އަދި، އާޗާ 750 ގެ ޕްލން އެކްޓިވޭޓްކޮށްލަން ބޭނުންފުޅުވާނަމަ މި ލިންކަށް ޒިޔާރަތްކޮށްލައްވާށެވެ.

އައު ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެންގެވުމަށް މޫލީ މެދުވެރިކޮށް ނުވަތަ އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާރޓްނަރ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަރޑް ޕްރިޕެއިޑް ޕްލޭނެއް ބައްލަވައިގަތުމަށްފަހު އުރީދޫ މި ޕެކް އެކްޓިވޭޓްކޮށްލެވޭނެއެވެ.

ޕްރިޕެއިޑް ސިމް ގެންގުޅުއްވާ ފަރާތްތަކަށް އުރީދޫ އާޗާ ޕްރިޕެއިޑް ޕްލޭންތަކަކީ ވަރަށް ފުރިހަމައަށް ފަރުމާކޮށްފައިވާ ޕްލޭންތަކެކެވެ. އެއީ މޮބައިލް އިން ގޭމު ކުޅެލަންވިޔަސް، އަދި ސްޓްރީމް ކޮށްލަންވިޔަސް ނުވަތަ އާއިލާ އާއި ރައްޓެހިންނާ ގުޅުން ބަދަހި ކޮށްލާ، އޮންލައިންކޮށް ހަބަރުތައް ބަލާލާ، ސޯޝަލް މީޑިއާއަށް ވަދެލަން ވިޔަސް ހަމަ ފުރިހަމަ ޕެކޭޖްތަކެކެވެ. ކޮންމެ ދުވަހަކު ޑޭޓާ އާވެގެން ދާ މި ޕްލޭންތަކާ އެކު މަސް ނިމޭއިރު ޑޭޓާ ހުސްވެގެން އުޅޭކަށެއް ނުޖެހެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!