ޚަބަރު

ނިޒާމު ބަދަލު ކުރުމުގެ މަޝްވަރާއަށް، ރައީީސް ނަޝީދު ރައީީސް ޔާމީނާއި ބައްދަލުކުރައްވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މަޝްވަރާއަށް، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއި ބައްދަލުކުރެއްވުމަށް ބޭނުންވާތީ އެކަން މާދަމާ ހަމަޖައްސައިދެއްވުން އެދި މަޖިލީހުގެ އަމީންއާންމަށް ދަންނަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމަނިކުފާނު މިކަން ހާމަކުރައްވައިފައި ވަނީ، މިއަދު މާލޭގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި، ދޮންމަނިކް ރެސްޓޯރަންޓްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނައިރު ރައީސް ޔާމީނާ ބައްދަލުކޮށް މަޝްވަރާ ކުރުން ކޮންމެހެން ބޭނުންތެރި ކަމަށެވެ.

"އަޅުގަނޑު މަޖިލީހުގެ އަމީންއާންމު އަރިހުގައި ދަންނަވައިފައިވާނެ، މާދަމާ އަޅުގަނޑު މާފުއްޓަށް ދެވޭތޯ، އަޅުގަނޑު މާފުއްޓަށް ދިއުމަށް. ރައީސް ޔާމީން އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރީގައި އެ ވޯޓު ނެގުމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކާ، އަދި އަޅުގަނޑުމެނަށް އެހީތެރިވެދެވެން އޮތްނަމަ އެވާހަކައާ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމާއިގުޅޭގޮތުން ރައްޔިތުން ނިންމާ ނިންމުމެއް ބެލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެކަން ނުކޮށް ދެން ރާއްޖެއަށް ހޯދޭނެ މޮޅެއް ކުރިއެެރުމެއް އޮތްކަމަށް ނުދެކޭކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޑިމޮކްރެޓްސް އިން ޕީޕީއެމް-ޕީއޭންސީއަށާއި، ވެރިކަން ކުރާ މައި ޕާޓީ  އެމްޑީޕީއަށް ހުށަހަޅާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓު ނެގުމަށެވެ. ނަމަވެސް އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރަން ޕީޕީއެމުން ވަނީ ދެކޮޅު ހަދައިފައެވެ.

  1. ދޮށީބޭ

    ތިއުޅެނީ ހިޔަޅުވިސްނުމެއްގަ ޕީއެންސީއަށް ވެރިކަންލިބިދާނެތީ އެކަން ވިޔަނުދޭން.ޔާމީނާ ބައްދަލު ކޮއްފިއްޔާ ކަލޭތިހާ ކަނޑުކޮސް މީހެއް ގެބޭނުންދާނީ…ޔާމީނަކީ ދިވެހިރާއްޖޭގަ މިވަގުތުހުރި އެންެމެ ވިސްނުންތޫނު ބުއްދިވެރިމީހާ..ދިހަކުޅި ކުރިއަށް ކުޅެލާނެ..ރައްކާވެހުންނާތި..

  2. އަބްދޫ

    ނިޒާމު ބަދަލުކުރާ ވާހަކަ އެއްގޮތަކަށް ވެސ ޔާމީނު ދައްކަވައިގެންނުވާނެ. ބަރުލަމާނީ މިގައުމަށް ބޭނުމެއްނުވޭ.