މީގެ އިތުރުން، އެފަދަ ހަޤީގަތެއް ނެތް ޚަބަރުތަކުގެ ސަބަބުން ރާއްޖެ އާއި ޗައިނާގެ ވަރުގަދަ ގުޅުމަށް އެއްވެސް ހީނަރުކަމެއް އަތުވެދާނެކަމަށް ޤަބޫލުނުކުރެވޭ ކަމަށާއި ޗައިނާއިން ޤައުމުތަކުގެ ދާޚިލީ ކަންކަމާއި ނުބެހޭނެކަމަށް ޗައިނާ އެމްބަސީން ވިދާޅުވެފައިވެއެވެ.
އަދި ޗައިނާއިން ރާއްޖޭގައި މިކުރާ މަސައްކަތަކީ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް ޓަކައި ކުރާ ކަންތައްކަމަށާއި އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު މަންފާއެއް ލިބިގެންދިޔަކަމަށެވެ.