ޚަބަރު

އޮޑި އޮޔާދާން ދޫކޮށްލާފައި ރައީސް އުޅުއްވަނީ ހަމައެކަނި ބަދަލުހިފުމުގައި: ޖަމީލު

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

އޮޑި އޮޔާ ދާން ދޫކޮށްލާފައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުޅުއްވަނީ ހަމައެކަނި ބަދަލުހިފުމުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފެންނަނީ ރައްޔިތުންނަށް ޚިދުމަތް ނުދެވޭ ތަނުގައި ޖީބުން ވައްކަން ކުރާތަން ކަމަށެވެ.

"ލީޑަރެއް ނެތްކަމަށް ޤަބޫލުކޮށް ކޮންމެ މީހަކު އަމިއްލައަށް އަށް ގޮތް ނިންމަނީ. ޚަޒާނާ ލޫޓުވާލި މީހުން ކޮބާ؟ ގޮތް ނިންމުން އެމީހުން ވެސް އަމިއްލައަށްތޯ؟ ސަޅި ބައިސާއިން ހާޞިލްވީ ކޮންކަމެއް؟" ޖަމީލު ސުވާލު ކުރެއްވިއެވެ.

ޖަމީލު އިތުރަށް ވިދާޅުވީ ތަފާތުކުރުން ވެސް މި ވީ މޮޅުކަމަކަށް ކަމަށާއި ބަލިވާ ޢާންމު މީހާއަށް ޚިދުމަތް ނުލިބޭއިރު ބޮޑުންނަށް ވަކި ގޮތެއް ހަދަން ފޮތުގައި އޮންނަ ކަމަށް ވެފައިވާ ކަމަށެވެ.

"އޮޑި އޮޔާދާން ދޫކޮށްލާފައި ރައީސް އުޅުއްވަނީ ހަމައެކަނި ބަދަލުހިފުމުގައި. ގޮތް ނުނިންމޭ ވެރިއަކީ ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުން،" ޖަމީލު ވިދާޅުވިއެވެ.

ވެންޓިލޭޓަރުތަކެއް ގަތުމުގައި ބޮޑު ހިޔާނާތެއް ވެފައިވާކަން ފަޅާ އެރުމުން މިވަގުތު ހެލްތު މިނިސްޓަރު ވެސް މަޤާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރިވެ ވަޑައިގެން ހުންނެވި އިރު އެ މިނިސްޓްރީގެ އިސް މުވައްޒަފުންތަކެއް ތިބީ ސަސްޕެންޑު ކޮށްފައެވެ. އޭގެ ސަބަބުން އެ މިނިސްޓްރީގެ ހިންގުމަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގައި ކޮވިޑްގެ ހާލަތު އަނެއްކާ ވެސް ވަރަށް ބޮޑަށް ވަނީ ގޯސްވެފަ އެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ބައްޔަށް ފައްސިވަމުން ދާއިރު ސަރުކާރުން ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ އެދެވޭ ނަތީޖާއެއް ނުފެނި ގިނަ ބަޔަކު އަންނަނީ އެ ފިޔަވަޅުތަކަށް ފާޑުކިޔަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!