ޚަބަރު ސިޔާސީ

ޝަހީމް ޒައިދަށް: ދީނާއި ޤައުމަށް ހެޔޮގޮތް ހިޔާރު ކުރެވޭނީ ވަރަށް ސާބިތުކަމާއި ހިތްވަރު ހުރެގެން

ރައުފާ ރަޝީދު ، ދެން އޮންލައިން

ދީނާއި ޤައުމަށް ހެޔޮގޮތް ހިޔާރު ކުރެވޭނީ ވަރަށް ސާބިތުކަމާއި ހިތްވަރު ހުރެގެން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓްރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝަހީމް މިފަދައިން ވިދާޅުވީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝެއިޙް އަލީ ޒައިދު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދޫކުރައްވާ، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވަން ނިންމެވުމާއި ގުޅިގެންނެވެ.

ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާ ޝައިޚް ވިދާޅުވީ އެފަދައިން ނިންމެވީ މިވަގުތު ދިވެހިރާއްޖޭގެ ވެރިކަމަށް އެންމެ މުނާސަބު ކެންޑިޑޭޓަކީ ޑރ. މުއިއްޒުކަމަށް އޭނާއަށް ގަބޫލުކުރެވޭތީ ކަމަށެވެ.

މިކަމާއި ގުޅިގެން ޝަހީމް ވިދާޅުވީ ޒައިދު ޑރ. މުޢިއްޒަށް ތާއީދުކުރަން ނިންމެވުމުން އެކަމާ ފަހުތުވެރިވާ ކަމަށެވެ. "ދީނާއި ޤައުމަށް ހެޔޮ ގޮތް ހިޔާރު ކުރެވޭނީ ވަރަށް ސާބިތުކަމާއި ހިތްވަރު ހުރެގެން" ޝަހީމް ވިދާޅުވިއެވެ.

Ads by HDC
  1. އެއްކަލަ ދީނީ ބައިގަނޑު ފާޅުވީ ދޯ!! ޔާމީނުގެ އެއްވެސް ކުށެއް ޑރ. ޝަހީމަށް ނެތުމަކީ އެކަންކަމަށް ހިތްވަރު ދިނުން

  2. ޢަދާލަތު ޕާޓީގެ ލީޑާރޝިޕަކަށްވެސް އަބަދު ގޯސްހަދަހަދާ ނުތިބެވޭނެ، ދިވެހިރައްޔިތުން ވަނީ ގޯސް ހެއްދެވީމާ ރައީސް މައުމޫނު ނަޝީދު ، ވަހީދު ޔާމީނު ދުރުކޮށްފައި، އަދި ސޯލިހާއި ޢިމުރާން ވެސް ދުރުކުރާނެ 😆 ޢަދާލަތަށް ރަގަޅު ލީޑާޝިޕެއް އެބަބޭނުންވޭ !

  3. ޤައުމު ހަމަ މަގަށް އެޅުވޭޭނީ އަމިއްލަ، މިނިވަން ކެނޑިޑޭޓެއް ގައުމުގެ ވެރިކަމަށް އައުމުން. ޕާޓީއެއްގެ ފަރާތުން މުއިއްޒު އަޔަސް ހިނގާނީ ކައިރީގަ ތިބޭ މީހުންގެ ނުފޫޒުން

    • ޥަތަނީ ވިސްނުން

      ތިޔައީ ހަމަވަެަރައް ރަގަޅު ވާހަކައެއް. މި ގައުމު މިނިވަން ކަމާ އެކު ކަންކަން ނިންމޭނީ މިނިވަން ކެންޑިޑޭޓުނަށް. ޕާރޓީ ތަކުން ނެރޭކެންޑިޑޭޓުން ނައްމިނިވަންކަނާ އެކު ކަންކަން ނިނމުމައް އޮންނަ ފުރުސަތު ހަނިވޭ