ޚަބަރު ސިޔާސީ

ކެންޕެއިނަށް ރައީސް ޞާލިޙް އަތޮޅުތެރެއަށް ވަޑައިގަންނަވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އަތޮޅުތެރެއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

Ads by STELCO
މިއަދު ބޭއްވި ނޫސްވެރިންނާ ބާއްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މާލޭގައި ކެންޕެއިން ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވަނީ މި ހަފްތާތެރޭ ކަމަށެވެ. އަދި މާލެ ސަރަޙައްދަށް ފަހު ދެން ކެންޕެއިނަށް ވަޑައިގަންނަވާނީ އަތޮޅުތެރެއަށް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ވަނަ ބުރަށް ކެންޕެއިން ކުރެއްވުމަށްޓަކައި ރައީސް ޞާލިޙް ވަނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު މާލޭގެ ގެތަކަށް ވަޑައިގެން ކެންޕެއިން ކުރައްވަން ފައްޓަވާފައެވެ.

ރައީސް ޞާލިޙްވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިން އިތުރަށް ވަރުގަދަ ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އިންތިޚާބުގެ ފުރަތަމަ ބުރުގައި ޕާޓީއަށް ހެދިފައިވާ ބައެއް ގޯސްތައް ދެނެގަނެ އެކަންކަން ރަނގަޅު ކުރައްވާފައިވާ ކަމަށްވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!