ޚަބަރު

ކޮވިޑް-19 ދިން ލޯނު ކަނޑާލާ, ދެއްކި މީހުންނަށް އަނބުރާ ދެނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑުގެ ދުވަސްވަރު ވިޔަފާރި އެހީގެ ގޮޔތުގައި ދޫކުރި ލޯނުތަކުގެ އިންޓަރެސްޓު ކަނޑާލައި، އަނބުރާ ދައްކަންޖެހޭ މުއްދަތު 10 އަހަރަށް ހަދައިފިއެވެ.

Ads by Sosun Fihaara

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެންޕެއިނަށް އެމްޑީޕީން މާލޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެސްއެމްއީ ބޭންކުން ކޮވިޑުގެ ލޯނު ނަގައި ދައްކާފައިވާ އިންޓަރެސްޓް ފައިސާ އަނބުރާ، އެ ލޯނު ނެގި ފަރާތްތަކަށް ދޭނެ ކަމަށެވެ.

ރައީސް ޞާލިޙް ވިދަޅުވީ ކޮވިޑް-19 އާއި ގުޅިގެން އެސްޑީއެފްސީން ދިން ވިޔަފާރި އެހީ ލޯނުގެ އިންޓްރެސް އެއްކޮށް ކަނޑާލައި ކުރިން އިންޓްރެސްޓް ދައްކާފައިވާ ފަރާތްތަކަށް އަނބުރާ އެ ދެއްކި ފައިސާ ރީއިންބާސް ކުރާނެ ކަމަށެވެ.

މިރޭގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ވަޒީފާއިން މީހުން ރިޓަޔާ ކުރާ އުމުރު 65 އަހަރުން 70 އަހަރަށް މަތިކުރާނެ ކަމަށާއި ދޮށީ އުމުރުގެ މީހުންނަށް ދައުލަތުން ދެމުން އަންނަ އެލަވަންސް 7،000 އަށް ބޮޑުކުރާނެ ކަމަށް ވެސް ރައީސް ޞާލީޙް ވިދާޅުވިއެވެ.

Ads by Allied Insurance
  1. އުތުރުކަނބާ

    ގެދޮރުވެރިޔާ ނެގި ލޯން މާފު ކޮށްދެވޭކަށް ނެތްތަ؟