ޚަބަރު

ކަރަންޓުގެ އަގު ފްލެޓް ރޭޓަކަށް ބަދަލުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކަރަންޓުގެ އަގު ފްލެޓް ރޭޓަކަށް ބަދަލުކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމައިފިއެވެ.

Ads by STELCO

މާވެޔޮމަގުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ލިބޭ އާއްމުދަނީން ކުއްޔާއި ބިލު ދައްކާފައި އިތުރު ފައިސާ ނުހުންނަ ޝަކުވާ ވަރަށް ގިނަ މީހުން ކުރާ ކަމަށެވެ.

އެހެންކަމުން އެކަމަށް ހައްލެއް ހޯދައްދިނުމަށް މީހުން ދިރިއުޅޭ ގޭގެއިން ކިތަންމެ ގިނައިން ބޭނުން ކުރި ނަމަވެސް ކަރަންޓު ބިލު ވަކި ވަރަކަށްވުރެ ބޮޑު ނުވާ ގޮތަށް މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

“އަޅުގަނޑުމެން މިއަދު މިނިންމަނީ މީހުން ދިރިއުޅޭ ކޮންމެ ގެއަކުން ވެސް ކަރަންޓު ރޭޓު ފްލެޓު ރޭޓަކުން ނަގާ ގޮތަށް،" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ މިއަދު ގެންނެވި އެ ބަދަލާއެކު ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރި ނަމަވެސް އަގު ބޮޑު ނުވާނެ ކަމަށެވެ.

 

Ads by Allied Insurance
  1. ޖީހާން

    ތީހަމަތެދެއް �

  2. ބަލާތި

    ގާސިމް އިބްރާހިމް މީ ވަރަށް ނުބައިޅާ އެކޭ އެޅާ ކުޅެނީ ބަތާހަރާމީ ހަރާމްކޯރު ރޯލޭ ރާއްޖޭގެއ ސިޔާސީ މައިދާނުގައި އެޅާ ސަން އައިލެންޑް ގައި އިބޫ އާއި ކުރި ސައްލާ އަކީ އެޅާ ކޮށްދޭން ބުނި ކަންކަން އިބޫ ލައްވާ އިއުލާން ކުރުވާ އަދި ފަހުން އިބޫ ހޮވިއްޖެނަމަ ޓެކްސް ބޮޑުކޮށްގެން ރައްޔިތުން ފެލާޅަން ދިމާކުރުމޭ ޒަކާތުން ވެސް ޓެކްސް ނަގާ ގޮތަށް އޮތީ މިޅާ ބުނެގެން ނިންމާފައޭ ދެން ގާސިމަށް އެހީތެރިވަނީ އަޑިން އުލަރު ނަސީރު ދަ ބެކްބޯނޭއޭ އެުމަރު އެސުވަރަށް ވޯޓް ދިނީ ވެސް މުޅިން ޕީޕިއެމް ފިކުރުގެ މީހުންނޭ އިންޑިއާ ސިފަިއން ބާލާނެ ކަމަށް ހީކޮށް އެކަމަކު އެރުނޑި ކާޅުގެ ވެސް މަގްސަދަކީ ރާއްޖޭގެ މިނިވަން ކަން އަނބުރާ ހޯދުން ނޫން ކަމާއި އަދި ޕީޕީއެމް އާއި ދަ ޑިމޮކްރެޓްސް ގާސިމް ސުވަރާއި ގުޅިގެން ފުނޑާލުން ކަން މިދަނީ ހާމަ ވަމުންނޭ ރައްޔިތުންނޭ ހޭއަރާށޭ ގާސިމާއި އަދި އުމަރު ނަސީރު އެއީ ބަތާހަރާމީ ހަރާމްކޫރުންނޭ ބަލަން ތިބެއްޗޭ އުމަރާއި އަދި ޖޭޕީގައި ތިބި ހުރިހާ ބޮޑުން ތައް އަންނަ ހފްތާ ގައި އެމްޑީޕީ އަށް ސޮއި ކުރާނެއޭ މީ ސީދާ ގާސިމް އެ ސުވަރު ބުނެގެން ކުރާ ކަމެކ އެއިރުން އާންމުންނަށް މަކަރާއި ހީލަތް ހެދޭނެ ނޫންތޭ ހެޔޮނުވާނެއޭ ރައްޔިތުންނޭ ހޭއަރާށޭ ގާސިމް ވެސް އަދި އުމަރު ނަސީރު ވެސް އެއީ އެއްގޮތަކަށް ވެސް މިގައުމުގެ ރައްޔިތުންނަށް ހެޔޮ އެދޭ ބައެއް ނޫނޭ ހޭއަރާށޭ ހޭއަރާށޭ ހޭއަރާށޭ…

  3. ނިންމީތާ. އަމަލެއް ނުކުރެއެއްނު. ދެވަނަ ބުރު ލިބިގެންނޯ ޢަމަލުކުރެވޭނީ ބުނެދޭން ނިންމީ، ރައްޔިޔުން ތިމާ ހޯދާނެކަމަށް ދެކިގެން ވޯޓަށް ނުފޫޒު ފޯރުވަން.