ޚަބަރު

ތިން ދުވަސް ތެރޭގައި، މުޢިއްޒު 25 ރަށަކަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރުގެ ރިޔާސީ ކެމްޕެއިނުގައި، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު، ތިން ދުވަސް ތެރޭގައި 25 ރަށަކަށް ދަތުރުފުޅު ކުރައްވައިފިއެވެ.

Ads by STELCO

މިކަން ފާހަގަކުރައްވައި، ޕީޕީއެމްގެ އެޑްވައިޒަރު، ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ނ، ރ، ބ، ޅ އަދި ހދ ގައި ކުރިން ނުދެވި ހުރި ރަށްތަކުން ތިން ދުވަސްމަތިން 25 ރަށަކަށް ޒިޔާރަތް ކުރައްވައި މުއިއްޒު މވަނީ މުރާލިކަމާއެކު ރައްޔިތުނާ ބައްދަލުކުރައްވާފައި ކަމަށެވެ.

"އަދި މިކަންކަމުން ދޭހަވަނީ ވެރިކަން ލިބިވަޑައިގެންފި ނަމަ ކަންކަން ގެންދަވާނެ ގޮތުގެ ސްޕީޑް." ޝަހީމް ވިދާޅުވިއެވެ.

ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި، މުއިއްޒު ގެންދަވަނީ ގިނަ ވައުދުފުޅުތަކެއް ވެވަޑައިގަންނަވަމުންނެވެ. އެގޮތުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، ކުނި މެނޭޖް ކުރުމާއި، ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި އެ ރަށެއްގެ އާބާދީ އާއި އެކަށީގެންވާ ލެބޯޓްރީއެއް ޤާއިމު ކުރުމަކީ ކޮންމެ ރަށަކަށް ވެސް އެމަނިކުފާނު ވެވަޑައިގަންވަމުންދާ މުހިންމު ވަޢުދުފުޅުތަކެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ‏ވަނަ ދުވަހުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!