ޚަބަރު

މުޢިއްޒު އެދިވަޑައިގަތީ، ފަހެއް ޖަހަންދެން މަޑުނުކޮށް، އަވަހަށް ވޯޓު ލުމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހި ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ޙައްޤުގެ ބޭނުން ކުރައްވައި، ވީހައިވެސް އަވަހަށް ވޯޓު ލެއްވުމަށް މުޢިއްޒު އެދިވަޑައިގެންނެވިއެވެ.

Ads by Sosun Fihaara

މުޢިއްޒު ވަނީ، ވޯޓު ލެވޭ ވަގުތު ހަމަވަނީ 5:00ގައި ކަމަޒް ވިޔަސް، އޭގެ ކުރިން ވޯޓުލުމަށް އެދިވަޑައިގަންނަވައިފައެވެ.

"އަޅުގަނޑު އެދެނީ، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ހުރިހާ ރައްޔިތުން ވޯޓު ލެއްވުން، އަދި ވީހާވެސް އަވަހަކަށް." އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، މުޢިއްޒު އާއި ވާދަ ކުރައްވަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި ފަހަރުގެ އިންތިޚާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކަށް ރަސްމީ ލިޔުމެއް ޙަވާލު ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ވަނީ ނިންމައިފައެވެ.

 

Ads by Allied Insurance
  1. މިކަން ނިމިއްޖެ.ހުވާކުރަން ރެޑީވޭ.