ޚަބަރު މީހުން

ޑެންގޫ ޖެހިގެން، ކެލާގެ އެއް ޢާއިލާއެއްގެ ދެބޭފުޅުން ނިޔާވެއްޖެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޑެންގީ ހުން ޖެހިގެން ހއ. ކެލާގެ ދެބޭފުޅަކު މިއަދު ނިޔާވެއްޖެއެވެ.

Ads by Hajj Corporation

މަޢުލޫމާތު ލިބޭ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދެވި މި ދެބޭފުޅުންނަކީ އެއް ޢާއިލާއަކަށް ނިޞްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. އެގޮތުން އެންމެ ފުރަތަމަ ނިޔާވެފައިވަނީ، ގިނަ އަހަރުތަކެއްވަންދެން އެ ރަށުގެ ކުޑަ ކަތީބުކަން ކުރެއްވި އިބްރާހިމް އަފީފް އަޙްމަދު، 69 އެވެ. އެއީ ފަތިހުގެ ވަގުތެއްގައެވެ.

އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް އަފީފްގެ ޅިޔަނު، އަޙްމަދު ފައިސަލް 58 ނިޔާވީ ހެނދުނުގެ ވަގުތުގައެވެ. އަޙްމަދު ފައިސަލްއަކީ ކެލާ ސުކޫލުގެ ހެޑްމާސްޓަރުކަން އެތައް އަހަރުތަކެއް ވަންދެން ކުރެއްވި ބޭފުޅެއްކަމަށް މަޢުލޫމާތު ލިބެއެވެ.

މި ދެބޭފުޅުން ނިޔާވީ ވަޒީފާއިން ރިޓަޔާކުރެއްވުމަށްފަހު މާލޭގައި ދިރިއުޅުއްވަނިކޮށްކަމަށާއި އެ ދެބޭފުޅުންގެ އިތުރުން އެ ރަށުގެ އެހެން ބޭފުޅަކުވެސް ވަނީ އިއްޔެގެ އިރުއޮއްސުނު އިރު ކުއްލިގޮތަކަށް ނިޔާވެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކުއްލިއަކަށް ނިޔާވީ އެ ރަށު އަޙްމަދު ވަހީދު ނަމަކަށް ކިޔާ ބޭފުޅެކެވެ. އެބޭފުޅަ ފެނުނީ  ނިޔާވެފައި އޮއްވާ ގޭތެރެއިންނެވެ. ހަވީރު ގަޑީގައި ރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކައި މަޖާކޮށް އުޅުނުކަމަށް އެ ރަށު ކައުންސިލުގެ ރައީސް ވިދާޅުވިކަމަށްވެއެވެ.

ކެލާ ކައުންސިލުގެ ރައީސްއާއި ޙަވާލާދީ އޮންލައިން ނޫހަކުން ބުނެފައިވަނީ އެއް ރަށަކަށް ނިސްބަތްވާ ތިން މީހަކު، 24 ގަޑިއިރުގެ ތެރޭގައި ކުއްލި ގޮތަކަށް ވަކިވުމުން މުޅި ރަށަށް ވެސް ބޮޑު ހިތާމައެއް ލިބިފައިވާކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!