ޚަބަރު ސިޔާސީ

ދެވަނަ ބުރުގައި އަލީ އާރިފް، މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

Ads by STELCO

އަލީ އާރިފްގެ އަނބިކަނބަލުން މާޝާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރީ މުހައްމަދު މުއިއްޒުގެ ވެރިކަމެއް ގާއިމް ކުރެވިގެން ކަމަށް ގަބޫލު ކުރައްވާކަމަށެވެ. އަދި މުއިއްޒުއަކީ އެކަމަށް އެންމެ ގާބިލް ބޭފުޅާކަމާށް ގަބޫލު ކުރައްވާ ކަމަށެވެ.

ވައިކަރަދޫ ދާއިރާއާއި ކެލާ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ އަލީ އާރިފަކީ ހއ.ވަށަފަރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އަލީ އާރިފާއި މުއިއްޒުއަކީ އާއިލީ ގޮތުން ދެބެއިންގެ ދެދަރި ދެބޭފުޅުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީން ވަނީ ނިންމާފައެވެ. ނަމަވެސް އެ ޕާޓީގެ ނަން ބޭނުން ނުކޮށް އަމިއްލަ ހައިސިއްޔަތުން އާންމު މެންބަރުންނަށް ފެންނަ ބޭފުޅަކަށް ތާއީދުކޮށް ވޯޓުލުމަކީ މައްސަލައެއް ނޫން ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

  1. ދިވެހި ރައްޔިތުން

    ޔާމީނުގެ ޓެކްސް ފޮތުގައި އޮންނާނީ ކޯއްޗެއްކަން މި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެގޭ އެފޮތް ހުޅުވާލީ ހާމަކަން ބޮޑުގޮތުގައި ރޯމާދުވާލު އެފޮތުގައިވާ ގޮތުގެ މަތީން އޭނާ އަމިއްލައަށް ކުރި ކަންތަކަށް ލިއުނު ހުކުމުގައި އެއޮތީ ޖަލުގައި އެ ފޮތުގައި ހުރީ މުޅިންވެސް އިސްލާމް ދީނާއި ޚިލާފަށް ހުއްދަނޫން ގޮތްގޮތުގައި ފައިސާއާއި ގުޅޭ މަސައްކަތް ކުރުމަށް ގޮވާލާ ވައްކަން ހުއްދަކުރުމަށް ގޮވާލާ ލިޔެފައި ހުރި ވާހަކަތައް އެކަމަށް މިރާއްޖޭގެ ރައްޔިތުން މުއިއްޒު އަށް 30 ވަނަ ދުވަހު ނޫނެކޭ ބުނާނެ