އަލީ އާރިފް އެދެނީ ޓޭކްއަވޭ ހުއްޓާލައި ގަރުދިޔަ ބަތަށް ތިރިވެލަން
ދިވެހިރާއްޖެ ބަނގުރޫޓް ނުވާ ކަމަށާއި ނަމަވެސް ދަތި ދުވަސްވަރެއް ކަމުން, ރައްޔިތުން ވެސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީން ކޮންމެ ހަފްތާއަކު ބާއްވަމުން އަންނަ ހަރުގެ ޖަލްސާގައި ރޭ ބައިވެރިވެ ވަޑައިގެން އާރިފް ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފިސްކަލް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އާރިފް ވަނީ, ކުރީ ސަރުކާރުން ކުރީ އިސްރާފު ނޫން ކަމަށާއި ކުރީ ވައްކަން ކަމަށް ވިދާޅުވެފަ އެވެ.
އާރިފް ވިދާޅުވީ ރަނގަޅު ވެރިއެއްގެ ސިފައަކީ "އުދަގުލަސް ދައްޗަސް ކުރަން ޖެހޭ ކަންކަންކޮށް އަދި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން" ކަމަށެވެ.
އަދި މި ސަރުކާރުން ކުރަނީ އެކަން ކަމަށާއި, ކުރީ ސަރުކާރު ގޮތަށް ފައިސާ ޕްރިންޓް ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"މި ދުވަސްވަރު މިޖެހެނީ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ގޭގައި ކެއުން ހުއްޓާލާ, ކޮންމެ ވެސް ވަަރަކަށް އަމިއްލައަށް ގޭގައި ކައްކައިގެން, ގަރުދިޔާ ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް އައުން" އާރިފް ވިދާޅުވީ ބައްޔެއް ވުމުން ޝިފާ ހޯދަން ހިތި ބޭސް ބޯން ޖެހިއްޖެނަމަ އެކަން ކުރާ ކަމަށާއި މިއަދު ރައްޔިތުން އެފަދަ ކަމެއް ކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން އާރިފް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ބަލައި ފިޔަވަޅު އެޅުމަށް ނިންމުމުން އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ވެސް ބައެއް ބޭފުޅުން ދައްކަވަމުން ގެންދަވާ ކަމަށެވެ.
އޭގެ ތެރޭގައި އާސަންދަ ކަނޑާލަން އުޅޭކަމަށް ނުވަތަ ބޭރުގައި ތިބި ކިޔަވާ ކުދިންގެ ލޯނަށް ފައިސާ ދިނުން މަޑުޖައްސާލުން ނުވަތަ އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔާތް ކަނޑާލާކަމަށް އަޑުފަތުރާކަމަށް ވިދާޅުވެ ވިދާޅުވީ, މިއީ އެއްވެސް ވަރެއްގެ ހަގީގަތެއް ނޫން ކަމަށެވެ.
"ދޮގު ނުހަދާށޭ, ކަށި ނެތް ދުލެއް އޮތީމަ ބޭނުން އޮތް އެއްޗެއް ބުނެވޭނެ" އާރިފް ވިދާޅުވި އެވެ.
މި މީހުން މި އުޅެނީ ރައްޔިތުން އަތުން ބޮނޑިއެއް ބޯން…
ރައްޔިތުންގެ މަޖިލަސް،މެންބަރުންވެސް ވީޔެއްނުން ގެއިން ކާއެއްޗެހި ހިފާނެން މަޖިލީހައްދާ.ވަރައް ހަރަދު ކުޑަވާނެ..
ރައްޔިތުން ޓޭކް އަވޭ ހަދަނީ އެމީހުންގެ އަމިއްލަ ލާރީގައި. ދައުލަތުގެ ލާރިއަކުންނެއްނޫ.