ސަރުކާރުން ދަނީ ރައީީސް ޔާމީނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާވެރިވަމުން: ސެމްބެ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން، ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް އަނިޔާވެރިވަމުން އަންނަ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުގެ ރަނިންމޭޓް، ޙުސެއިން މުޙައްމަދު ލަތީފު(ސެމްބެ) މިއަދު ވިދާޅުވެއްޖެއެވެ.
ކ.ތުލުސްދޫއަށް މިއަދު ވަޑައިގެން، އެ ރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ސެމްބެ ވިދާޅުވީ، ރައީސް ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށްލުމުގެ ފުރުސަތު ސަރުކާރުން ނުދިންއިރު، އެންމެ ކުޑަމިނުން އެމަނިކުފާނު ގެއަށް ވެސް ބަދަލުކޮށް ނުދީ، މާ ބޮޑަށް އަނިޔާވެރިވަމުން އަންނަ ކަމަށެވެ."އެހެންކަމުން، ރައްޔިތުންގެ އަރިހުން އަޅުގަނޑު އެދެނީ، ބަދަހި ކަންމަތީގައި ތި ހުރި ޝުޢޫރުގައި، ޤައުމީ ރޫޙުގައި، މިފަހަރު އެކީއެކައްޗަކަށް ނުކުމެ، 30 ސެޕްޓެމްބަރުގައި، މި ސަރުކާރު ނިންމުމަށް މަސައްކަތް ކޮށްދެއްވާށޭ." އޭނާ ވިދާޅުވިއެވެ.ސެމްބެ އިތުރަށް ވިދާޅުވީ މުޢިއްޒު އަކީ ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށް ފެނުނު ތަރައްޤީ، އަލުން އިޔާދަކޮށްދެއްވާނެ ކެންޑިޑޭޓް ކަމަށެވެ. ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަކީ، މުޢިއްޒުގެ އެއް ވަޢުދެވެ.






ކޮމެންޓް