ޚަބަރު ސަރުކާރު ސިޔާސީ

ނައިބުގެ ތައުރީފް ރައީސަށް; މިއީ ރައީސްގެ ހިކުމަތްތެރި ވިސްނުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަޖިލިސް އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހޯދި ކަމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް މަރުޙަބާ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މަޖިލިސް އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅާއެކު ސަރުކާރު ކޯލިޝަނުން ހޯދި ފުރިހަމަ ކާމިޔާބީއަށް ސަރުކާރުގެ ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވާކަމަށެވެ. އަދި މި އިންތިޚާބުގައި ވޯޓު ދިން ހުރިހާ ރައްޔިތުންނަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"ދުޢާއަކީ ޤައުމީ ތަރައްޤީއަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް މި ކުރާ ބުރަ މަސައްކަތުގައި މާތް الله ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލެއްވުން" ނައިބު ރައީސް ވިދާޅުވިއެވެ.

އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި 93 ގޮނޑީގެ ތެރެއިން 71 ގޮނޑި ކާމިޔާބުކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ 20 ވަނަ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ކާމިޔާބުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!