ރ. އިފުރުގައި ތަރައްޤީ ކުރި ރިސޯޓު "އިފުރު އައިލެންޑް މޯލްޑިވްސް" ހުޅުވައިފިއެވެ.
އިފުރުގައި ރިސޯޓާއި ތަރައްޤީ ކޮށްފައި ވަނީ ކޯސްޓްލައިން ކުންފުނީގެ ހިއްސާ އޮންނަ އިފުރު އިންވެސްޓްމަންޓްސްގެ ފަރާތުންނެވެ.
އެގޮތުން އިފުރު އައިލެންޑް މޯލްޑިވްސް ރިސޯޓުގައި ރިސޯޓުގައި 147 ވިލާއާއި، އެކި ޤައުމުތަކުގެ ކެއުން ލިބޭ ހަ ރެސްޓޯރަންޓު ވަނީ ތަރައްޤީ ކޮށްފައެވެ.
މީގެ އިތުރުން ހަތަރު ބާ އަދި ސްކައިޑައިވިން ޑްރޮޕްޒޯނެއްވެސް ތަރައްޤީ ކޮށްފައިވެއެވެ.
 
Ads by Ooredoo
 
  
                                                     
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
