ޚަބަރު ސިޔާސީ

އެމްޑީޕީއަކީ މުއިއްޒުގެ އަނބުރު ކަތިލެވޭވަރުގެ ޓީމެއްނޫން: އަދުރޭ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އެމްޑީޕީއަކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުގެ އަނބުރު ކަތިލެވޭވަރުގެ ޓީމެއްނޫންކަމަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް މިރޭ ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ "ވާދަވެރިން ކަޅި އެޅިޔަސް އެ ކަޅިން ކުރާނެ މާބޮޑު އަސަރެއް ނެތް" ކަމަށާއި ރައްޔިތުން ސެޕްޓެމްބަރު 9 ވަނަ ދުވަހު ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ނޫނެކޭ ބުނެފައިވާކަމަށެވެ.

"ބޮޑުތަނުން ރައްޔިތުން ނުކުމެ ނޫނެކޭ ބުނީމައި، ނިކުމެ އަޅުގަނޑުމެންގެ ކެންޑިޑޭޓުގެ އަބުރު ކަތިލަން މަސައްކަތްކުރާނެކަމެއް ނެތް" އެކަންކުރާކަށް ފުރުޞަތެއް ނުދޭނެކަމަށާއި އެކަން ނުވެސް ކުރެވޭނެކަމަށް ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވިއެވެ.

"ޑރ. މުއިއްޒުގެ އަނބުރު ކަތިލެވޭވަރުގެ ޓީމެއްނޫން އަޅުގަނޑުމެންގެ އިދިކޮޅަކީ، ރައްޔިތުން ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ނިކުމެ އިބްރާހިމް މުޙައްމަދު ޞާލިޙާއި ކުރި ސުވާލަކީ އިންސާފުވެރި ފަނޑިޔާރުގެއެއް ޤާއިމްކޮށްދޭން ވެރިކަމާއި ހަވާލުވެގެން ކީއްހެއްޔޭ ތިކުރީ؟" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީ މައްސަލައާއި ވެންޓިލޭޓަރުގެ މައްސަލަތައް އިންޞާފުވެރިކަމާއެކު ރައީސް ޞާލިޙަށް ނުބެއްލެވުނީ ކީއްވެގެންތޯ ރައްޔިތުން އައްސަވައިފިކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ޞާލިޙް "ހިތަށް އެރިހާ ވައުދެއް ވަމުން" 2018 ގައި ވެރިކަމަށް ވަޑައިގެންނެވިކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ އޭގެ 5 އަހަރު ފަހުން އަނެއްކާ އެ ވައުދު ފުއްދަން ރައްޔިތުން ގާތުގައި 5 އަހަރު ދޭށޭ ދެންނެވީމައި ރައްޔިތުންވަނީ ރައީސް ޞާލިޙަށް އިތުރު ދައުރެއް ދޭން ބޭނުންނުވާކަމަށް ބުނެފައެވެ.

"ރައްޔިތުން ވިސްނަންޖެހޭ ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި. އަޅުގަނޑަށް މައުލޫމާތު ލިބޭ އެބަ ބައެއް ރަށްރަށަށް އެމްޑީޕީގެ ބޭފުޅުން ވަޑައިގެން، އުމުރުން ދުވަސްވީ ބޭފުޅުންގެ ގާތަށް ވަޑައިގެން ކޮންމެހެން ވޯޓުލާން އެދުވަހު ވަޑައިގަންނަވާނެކަމެއް ނެތޭ. ތިމަންނަމެން ކަރުދާސްކޮޅެއް ގެނެސްދޭނަމޭ ގޭގައި ތިއްބާ، އެ ކަރުދާސްކޮޅުގައި ފާހަނގަ ޖަހާލީމައި އެ ނިމުނީއޭ، ވަރަށް ބޮޑަށް ވިސްނާވަޑައިގަންނަވަން ވާނެ" އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ތުހުމަތުކުރަނީ މިހާރު ވޯޓު ކަރުދާސް ބޭރުވެއްޖެކަމަށް، އިލެކްޝަންސް ކޮމިޝަނުން މިކަން ބައްލަވާލަދެއްވަން އެބަޖެހޭ، އެއްގޮތަކަށްވެސް ހީފުޅުކުރައްވައިގެން ނުވާނެ މި އިންތިޚާބުން ވައްކަންކުރެވިދާނެކަމަށް" އަދުރޭ ވިދާޅުވިއެވެ.

އަދި އެފަދަ ކަމެއް ކުރާއިރު ރައްޔިތުން ބަލަހައްޓައިގެން ނުތިބޭނެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

Ads by Ooredoo
  1. ކުރާށޭ

    ރައީސް އިބޫ މިއޮތްހާ ދުވަހު އޮތީ ނިދާފައޭ މިއަދު ތިޔާ ރިސޯރޓް މުވައްޒަފުންނަށް ފްލެޓް ދޭ ވާހަކަ ދައްކަނީ ތިޔާ ކިއެއްކުރަންތޭ ވޯލްޑް ކަޕް ބަލާލަން ރައީސް އިބޫ ދައުލަތުގެ ބަޖެޓުން ދުއްވާލި 250 މިލިއަން ޑޮލަރަށް ހުޅުމާލެ ސައިޒުގެ 10 ހުޅުމާލެ ހިއްކޭނެ ކަން އެއީ ޔަގީން ކަމެކޭ ތިޔާ އެއްވެސް އިތުބާރެއް ނެތް ވެރިއެކޭ އިތުބާރު ގެއްލިއްޖެއޭ އިންޑިއާ ސިފައިން ފުރާ އެއޮތީ އުތުރު ތިލަފަޅުގައި އެކަން އަދި ވެސް ނުފޮރުވާ އެއްބަސްވުން ގެޒެޓް ގައި ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ ޝާއިއުކުރާށޭ