ޚަބަރު

ޕީޕީއެމް-ޕީއެންސީން މިއަދު ހަވީރު ސައިކަލު ބުރެއް ބާއްވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި، މިއަދު ހަވީރު މާލޭގައި ސައިކަލު ބުރެއް ބާއްވަން ނިންމައިފިއެވެ.

Ads by STELCO
މި ސައިކަލު ބުރަށް ދީފައިވާ ނަމަކީ، އެ ކޯލިޝަންގެ ކެމްޕެއިނުގައި ބޭނުންކުރާ ޝިޢާރު ކަމުގައިވާ ”ދިވެހިންގެ ރާއްޖެ“ އެވެ.
މި ސައިކަލު ބުރު ފަށަން ހަމަޖެހިފައިވަނީ މިއަދު ހަވީރު 15:45 ގައި ޕީޕީއެމް އޮފީސް ދޮރުމަތިން ކަމަށެވެ.

މި ހަރަކާތުގައި ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ރަނިންގމޭޓް ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގަންނަވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!