ޚަބަރު

މުޢިއްޒުގެ ވެރިކަމެއްގައި، ފުވައްމުލަކުގައި 500 ހައުސިން ޔުނިޓްގެ މަޝްރޫޢެއް ހިންގަވަން ވަޢުދުވެވަޑައިގެންފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފައްސަތޭކަ ހައުސިން ޔުނިޓްގެ ގެދޮރުވެރިކަމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފިއެވެ.

Ads by Hajj Corporation

ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ހުރިހައި ރައްޔިތުން ގެދޮރުވެރި ކުރުވާނެ ކަމަށެވެ.

"އަޅުގަނޑު ގަސްތު ކުރަނީ، 500 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް، އިރާދަކުރެއްވިއްޔާ، މިތާނގަ ހިންގައިދޭނަން." މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުން ސޯޝަލް ހައުސިންގެ ދަށުން، ދޫކޮށްފައިވާ ހައުސިން ޔުނިޓްތައް ދެނީ ވަރަށް ބޮޑު އަގުގައި ކަމަށެވެ.

ރައްޔިތުންނަށްޓަކައި އަޅާ ހައުސިން ޔުނިޓްތައް ދޭން ޖެހޭނީ އަތްފޯރާ އަގެއްގައި ކަމަށާއި، ސޯޝަލް ހައުސިންގެ ދަށުން ދޭ ބޯހިޔާވަހިކަމުގެ އަގުތައް ތިރި ކުރައްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ، ފުވައްމުލަކު ސިޓީގައި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގެ ގޮތުން ހުރިހައި ފުރުޞަތެއް ވެސް ފަހިކޮށްދެއްވާނެ ކަމަށެވެ. އަދި އިންވެސްޓަރުންނަށް ފުރުޞަތު ހުޅުވައިލައި، އިންޓެގްރޭޓެޑް އިކޯ ޓޫރިޒަމްގެ އެކި ކަހަލަ މަޝްރޫޢުތައް ހިންގުމަށް ވެސް މަގުފަހިކޮށްދެއްވާނެ ކަމަށް ވެސް މުޢިއްޒު މިރޭ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!