ޚަބަރު

ހަދަހަދައިގެން ދޮގު ވާހަކަ ފެތުރިޔަސް، ރާއްޖޭގައި ބިދޭސީ ސިފައިން ނެތް ކަމަކަށް ނުވާނެ: މުޢިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހަދަހަދައިގެން ދޮގު ވާހަކަތައް ފެތުރިޔަސް، ރާއްޖޭގައި ބިދޭސީ ސިފައިން ނެތް ކަމަށް ހަދައި، ކަނޑު ވިއްކާ ނުލާ ކަމަށް ނުހެދެނޭ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެމްޕެއިނުގައި، މިރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވަނީ އެމަނިކުފާނާއި ގުޅުވައިގެން، ބައެއް މީޑިއާތަކުން ފަތުރަމުން އަންނަ ޒާތީ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވައިފައެވެ.

އެމަނިކުފާނުގެ ބައްޕާފުޅު އެންމެ ފަހުން ކައިވެނި ބައްލަވައިގެން އުޅުއްވި ލަންކާ އަންހެން މީހާއާމެދު އަމަލުކުރި ގޮތް ކަމަށް ބުނެ ވާހަކަތަކެއް ފަތުރަމުން އަންނަ މި ދަނޑިވަޅުގައި މުޢިއްޒު މިރޭ ވިދާޅުވީ ބަޔަކު ދައްކާހާ  ވާހަކައަކުން، ނުވަތަ ފަތުރާހާ ވާހަކައަކުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެފަދަ ހަގީގަތެއް ނެތް ވާހަކަތަކުން ލިބިވަޑައިގަންނަވަނީ އިތުރު ހިތްވަރެއް ކަމަށެވެ.

ހަދަހަދައިގެން ދޮގު ވާހަކަތައް ދެއްކި ނަމަވެސް ދިވެހީންގެ ކަނޑު ވިއްކާލާ ބިދޭސީ ސިފައިން ރާއްޖޭގައި ނެތް ކަމަކަށް ނުހެދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ކިތަންމެ ވަރަކަށް ދޮގު ވާހަކަ ފެތުރިޔަސް އަޅުގަނޑުމެންގެ ގައުމު އިގްތިސާދީ އަނދަވަޅަކަށް ވައްޓާލާ ވަކި ގައުމަކަށް އަޅުވެތި ކޮށްފައި ނުވާ ކަމަކަށް ނުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

މުޢިއްޒުއާއި ގުޅުވައިގެން، ވާދަވެރިން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވުމުގެ ބަދަލުގައި އެމަނިކުފާނު ގެންދަވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ، ކުރައްވާނެ ކަންކަން ވިދާޅުވެދެއްވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!