Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކީރިތި ރަސޫލާގެ ޒިކުރާ އާކޮށް، ސުންނަތުން ޢިބުރަތް ލިބިގަންނަންޖެހޭ: ރައީސް ނަޝީދު

ކީރިތި ރަސޫލާގެ ޒިކުރާ އާކޮށް، ސުންނަތުން ޢިބުރަތް ލިބިގަންނަންޖެހޭ: ރައީސް ނަޝީދު

ކީރިތި ރަސޫލާގެ ޒިކުރާ އައުކޮށް އެންމެހާ މުސްލިމުން ޢިބުރަތް ޙާސިލްކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރަމުން މިދާ ކީރިތި ރަސޫލާގެ ޢީދު މީލާދު، ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހަށް އިޝާރަތް ކުރައްވާ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ރަސޫލާ ޞ.ޢ.ވ އަކީ މި އުންމަތަށް ލެއްވި ވަރަށް ބޮޑު ނިޢުމަތެއް ކަމަށެވެ.

Advertisement
HDC — Sidebar (box)

ހަމަ އެހެންމެ ރަސޫލާގެ ޒިކުރާ އައުކޮށް، ސުންނަތާއި ސިޔަރަތުން ޢިބުރަތް ލިބިގަތުމަށް ރައީސް ނަޝީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ވަނީ ހަމަޖައްސާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް