Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މި ސަރުކާރަށް ވެސް އެންމެ ރަނގަޅު ގޮތަކީ މުޢިއްޒަށް ތާއީދު ކުރުން: ޢަލީ ރަމީޒު

މި ސަރުކާރަށް ވެސް އެންމެ ރަނގަޅު ގޮތަކީ މުޢިއްޒަށް ތާއީދު ކުރުން: ޢަލީ ރަމީޒު

މި ސަރުކާރަށްވެސް މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާޢީދުކުރުންކަމަށް، ސަލަފު ޖަމުޢިއްޔާގެ މެމްބަދު، ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

ޢަލީ ރަމީޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މިހެން ވިދާޅުވެފައިމިވަނީ، މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން ކެމްޕެއިންކުރަމުން ދިޔަ އެމްޑީއޭ، އެ ކޯލިޝަނުން ވަކިވެ މުޢިއްޒަށް ތާޢީދުކުރަން ނިންމުމާއި ގުޅިގެންނެވެ.

ޢަލީ ރަމީޒު ވިދާޅުވީ، މިހާރު މިސަރުކާރަށްވެސް އޮތް އެންމެ ބުއްދިވެރިގޮތަކީ މުޢިއްޒަށް ތާޢީދުކުރުންކަމަށެވެ.

Advertisement
HDC — Sidebar (box)

އަދި އެކަން ވީހާވެސް އަވަހަށް އިޢުލާން ކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީއޭއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއިއެކު ހެދި ކޯލިޝަން ރޫޅައިލިއިރު، އެ ޕާޓީއާއިއެކު މިހާރު ކޯލިޝަން ހަދައިގެން ހުރީ އަދާލަތު ޕާޓީ އެކަންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް