ޚަބަރު ސިޔާސީ

ދީނީ އިލްމުވެރިއެއްގެ ލޭބަލް ޖެހިގެން ދުލަށް އައިހާ އެއްޗެއް ޓްވީޓް ނުކުރޭ: އަލީ ރަމީޒް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދީނީ އިލްމުވެރިއެއްގެ ލޭބަލް ޖެހިގެން ދުލަށް އައިހާ އެއްޗެއް ޓްވީޓް ނުކުރުމަށް ދީނީ ކަންކަން ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އަލީ ރަމީޒް ބުނެފިއެވެ.

Ads by Sosun Fihaara

އަލީ ރަމީޒް މިއަދު ކުރި ޓްވީޓެއްގައި ބުނީ ލާދީނީ ބައިގަނޑުގެ މިލަ ފިލުވަމުން މުސްލިމުން ރުޅިއަރުވަމުން އަބަދުވެސް ބަޔާން ކޮށްދެނީ ﷲ ގެ ހައްގު މަގުކަމަށްބުނެ ބުހުތާން ނުފެތުރުމަށެވެ.

"ގައުމު އަޅުވެތި ކުރުމަށް އެހީތެރިވަމުން ދުވާއިރު ކުޑަވެސް ބިިރެއް ލަދެއް އަގަލެއް ބަހައްޓާބަލާށެވެ. ހަމަ ޔަގީނުންވެސް ތިިޔައީވެސް ﷲ ގެ ހަޒްރަތަށް ހުއްޓެން ޖެހޭނެ މަހްލޫގެކެވެ"

އަލީ ރަމީޒް މިހެން ވިދާޅުވީ އިދިކޮޅު މައި ޕާޓީ, ޕީޕީއެމްއަކީ ޓެރެރިޒަމްއަށް ހިތްވަރުދޭ ޕާޓީއެއް ކަމަށް, ދީނީ އިލްމުވެރިޔާ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ މުޙައްމަދު ޢިޔާޒު ޢަބްދުއްލަތީފް ވިދާޅުވެފައިވަނިިކޮށެވެ. އަދި ޑރ. އިޔާޒް ހިމެނޭހެން އަދާލަތު ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ޝެއިިހުންނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު އިދިކޮޅު ޕީޕީއެމް-ޕީއެންސީން ކުރިއަށްގެންދިޔަ އެއްވުމުގައި ބައިވެރިވި ފަރާތްތަކުން އިއްޔެ އިޔާޒްއާ ވަނީ މަގުމަތިން ދިމާކޮށްލާފައެވެ.

Ads by HDC
  1. ހަސަންބެ

    ކަލޯގެއާ މީއެންމެ މޮޅު ސޭކް މީހާ މީނާއައް ރަގަޅީ ބޮޑެތި އަނިޔާވެރި ވަގުން ތީތަން ފުކެއް ބޮޑުވަރު

  2. މުހައްމަދު

    އަލީ ރަމީޒު އެ ވިދާޅުވީ ވަރަށްވެސް ރަނގަޅު ވާހަކައެއް.