Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ޤައުމު އިސްލާހުވާނީ ދީނަށް ލޯބި ކުރާ މީހުން މަޤާމުތަކަށް އައިސްގެން: އަލީ ރަމީޒު

ޤައުމު އިސްލާހުވާނީ ދީނަށް ލޯބި ކުރާ މީހުން މަޤާމުތަކަށް އައިސްގެން: އަލީ ރަމީޒު
ޤައުމު އިސްލާހުވާނީ ދީނަށް ލޯބިކުރާ މީހުން މަޤާމުތަކަށް އައިސްގެން ކަމަށް ޖަމްޢިއްޔަތުއްސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު ޢަލީ ރަމީޒު މިއަދު ވިދާޅުވެއްޖެއެވެ.
ޢަލީ ރަމީޒް މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކިއެކި މަޤާމުތަކަށް ބޭނުންވަނީ ދީނަށް ލޯބިކުރާ އަދި އިސްލާހަށް މަސައްކަތް ކުރެވޭނެވަރުގެ ގާބިލު މީހުން ކަމަށާއި ޤައުމު އިސްލާހުވާނީ އޭރުން ކަމަށެވެ.
ޢަލީ ރަމީޒު މިކަން ފާހަގަކުރެއްވިއިރު  އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ގިނަ ބަޔަކު އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ އޭނާގެ ސަރުކާރެއްގައި މިނިސްޓަރުންނަށް އައްޔަން ކުރައްވާނީ ކަމަށް ޤާބިލު, ތައުލީމާ ތަޖުރިބާ ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި އެމަނިކުފާނުގެ ކެބިނެޓާއިމެދު ރައްޔިތުން ފަޚުރުވެރިވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް